ސަރުކާރުން މި ބޭންކު ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުން ހިމެނޭ
726 ދުވަސް ކުރިން - 21:23
އިސްލާމިކް މިނިސްޓްރީން މިސްކިތްތަކުގައި ހިންގާ ޤުރުއާން ކްލާސްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކައުންސިލްތަކާއި ގުޅިގެން މަސައްކަތްކުރާނެކަމަށް އިޢުލާނުކޮށްފި.
726 ދުވަސް ކުރިން - 17:41
ހުރިހި ހިމާޔަތްކުރުމަށް އައު ގަވާއިދެއް ތަޢާރަފުކޮށް، ފެހުރިހީގައި އަތްލުމާއި ގައިގާ ހިފަހައްޓައިގެން ފެތުން މަނާކޮށްފި. މި ގަވާއިދުގައި ފެހުރިހީގެ ކައިރިން ދުރުމިން ބެހެއްޓުމާއި، ފޮޓޯނެގުމާއި، އުޅަނދު ދުއްވުމާ ގުޅޭ އިތުރު ގައިޑްލައިންތަކެއްވެސް ހިމަނާފައިވޭ.
726 ދުވަސް ކުރިން - 17:40
ކޮންގްރެސް ޕާޓީގެ މުހިންމު ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް، ވަނީ ކުއްލިއަކަށް ފަސްކުރެވިފަ. ޖަލްސާ ފަސްކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، އަލުން ޖަލްސާ ބޭއްވޭނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވޭ
726 ދުވަސް ކުރިން - 16:32
މި މަސައްކަތްތައް ނިމުމުން، މާލޭގެ 6 މުހިންމު ސަރަޙައްދެއްގައި ވަގުތީ ފެންހިންދާ ނިޒާމް ޤާއިމްވެ، ވާރޭވެހޭ މޫސުމުގައި ދިމާވާ ފެން ބޮޑުވުމުގެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ.
726 ދުވަސް ކުރިން - 13:25
ޝަހީމް ވިދާޅުވީ، މިސްކިތު ޤާރީ ކުލާސްތައް ކުރިއަށް ގެންދަވާ ފަރާތްތަކަށް ކައުންސިލްތަކުންވެސް އެހީތެރިކަމާއި ޚިޔާލު ދެއްވުމަށް އެދިލައްވާކަމަށާއި، ޚިޔާލުތަފާތުވުންތަކެއް އުޅޭނަމަ އެކަންކަން ޙައްލު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އެދިލައްވާކަމަށް.
726 ދުވަސް ކުރިން - 13:20
ޝާޔާއަކީ އިސްކަންދަރު ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރެއް. ޝާޔާ ޤުރުއާން ހިތުދަސްކުރައްވާފައިވަނީ އުމުރުން އެންމެ 10 އަހަރުގައި.
726 ދުވަސް ކުރިން - 13:15
މި ހުރިހާ ޤާނޫނުތަކެއް މުޠާލިއާ ކުރުމަށްފަހު، އެއްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ޤާނޫނީ ޓީމާއެކު މަޝްވަރާތައް ކުރަމުން ގެންދަވާކަމަށްވެސް ފުވާދު ވިދާޅުވި
726 ދުވަސް ކުރިން - 13:02
ފްލެޓްތައް މަޖިލިސް މެންބަރުންނަށް ބަހާލެވޭ ކަމަށް ދެކެވޭ ވާހަކަތަކަކީ މިއަހަރުގެ އެންމެ ބޮޑު ދޮގު ކަމަށާއި، ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ގޯއްޗާއި ފްލެޓް އޭގެ ޙައްޤުވެރިންނާއި ޙަވާލުކުރައްވާނެ ކަމަށް ފަލާހް ހާމާކުރެއްވި.
726 ދުވަސް ކުރިން - 11:38
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ޖެނީވާއަށް ވަޑައިގެންފި. މި ދަތުރުފުޅުގައި މަޖިލީހުގެ 5 މެންބަރުން ބައިވެރިވެވަޑައިގަންނަވާ.
726 ދުވަސް ކުރިން - 11:00
އިމިގްރޭޝަނުން ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު 9 ބިދޭސީން ހައްޔަރުކޮށްފި. މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް.
726 ދުވަސް ކުރިން - 10:51
މިއަދުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި. ނަމަވެސް މިއަދާއި މާދަމާ ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ލަފާކުރޭ
726 ދުވަސް ކުރިން - 10:48