މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ފުލުހެއްގެ ބައިވެރިވުން އޮތްކަމަށް ބުނެ ފެތުރޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ފުލުސް އޮފީހުން ބުނެފި. މި މައްސަލައިގައި ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ފުލުހުން ވިދާޅުވި.
674 ދުވަސް ކުރިން - 18:30
ފުރަތަމަ ފަހަރަށް ބޭއްވުނު ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާގައި ޒަކާތާއި ގުޅުންހުރި މުހިންމު މައުޟޫތަކަށް އަލިއަޅުވާލެވުނު. މަހާސިންތާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވި.
674 ދުވަސް ކުރިން - 18:26
އެމްއެމްއޭގެ އައު ޤަވާޢިދަށް ރިޢާޔަތް ކުރައްވައި ރައްޔިތުންނަށް އޮޅުވާލައި މާޔޫސް ކޮށްލުމަށްޓަކައި ރައީސް ޔާމީން ވިދާޅުވީ ބޭންކުން ޢާންމު މީހަކަށް ޑޮލަރު ނުވިއްކާނެ ކަމަށާއި، ޑޮލަރު ދޭނީ ރިސޯޓު އޯނަރުން ފަދަ މުއްސަނދިންނަށް ކަމަށް.
675 ދުވަސް ކުރިން - 15:54
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގްލޯބަލް ސިޓިޒަން އެވޯޑް ލިބިވަޑައިގެންފި. މިއީ ބައިނަލްއަޤްވާމީ އެވޯޑެއް ނޫނަސް، ތިމާވެށި ހިމާޔަތްކުރުމާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރެއްވުމުގެ ސަބަބުން އަމިއްލަ ފަރާތަކުން ސިންގަޕޫރުގައި ބޭއްވުނު ކޮންފަރެންސެއްގައި ދިން އެވޯޑެއް.
675 ދުވަސް ކުރިން - 14:19
ރައީސް ވިދާޅުވީ ހުރިހާ ބާރެއް ބޭނުން ކޮށްގެން ވެސް އިސްރާއީލް ޖަވާބުދާރީ ކުރުވަން މުޅި ދުނިޔެއިން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ދިވެހިރާއްޖެ އޮތީ ފަލަސްޠީނާއި އެކު ކަމަށް.
675 ދުވަސް ކުރިން - 11:12
ދިވެހިރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ތަންފީޛުކުރާނެ ޤައުމެއް ކަމަށާއި، ވަކި މީހަކު އިސްތިސްނާ ނުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި.
675 ދުވަސް ކުރިން - 11:06
ޔުނީފޯމުގެ ޙުރުމަތް ކަނޑައި މުއައްސަސާތަކުގެ އަގު ވައްޓާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައި.
675 ދުވަސް ކުރިން - 23:59
ހުޅުމާލެ ބްރިޖް ޗެނަލަށް މޫދު ކަސްރަތަށްދާ ދައްތަމެންނަށް ފެންވަރާނެ ތަނެއް ބޭނުންވާ ވާހަކަ ފަޒުލްގެ އަރިހުގައި ދެންނެވުމުން މަހެއް ނުވަނީސް އެކަން ނިންމަވައި ދެއްވި ކަމަށްޓަކައި ޝަޒީމް ވަނީ ފަޒުލް އަށް ޝުކުރު އަދާކުރައްވާފަ.
675 ދުވަސް ކުރިން - 22:56
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ދަށުން ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވޭ.
675 ދުވަސް ކުރިން - 20:49
އިޖުތިމާއި ކައުންސިލްގެ މުގައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވި.
675 ދުވަސް ކުރިން - 20:42
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެކަށް ފުލުހުން ހާމަކުރި.
675 ދުވަސް ކުރިން - 20:25
ޑައިމޯފިން ޓެރެފިކް ކޮށްގެން ހޯދަމުންދަނީ ވ. ސެޓެލައިޓް މުޙައްމަދު ނަޢީމް. އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފައި.
675 ދުވަސް ކުރިން - 19:48