އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެކަމަށް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރަ އިހުސާން ވިދާޅުވީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައި، އޭނާ ރާއްޖެ އައިސްފިނަމަ ހައްޔަރުކުރާނެތޯ ބައެއް މީހުން މީސް މީޑިއާގައި މިނިސްޓަރާއި ސުވާލު ކޮށްފައިވާކަމަށެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޓަރނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ވަކި މީހަކު އިސްތިސްނާނުކޮށް ތަންފީޛުކުރާނެ ޤައުމެކެވެ. އަދި ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ވެސް ތަންފީޛުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އައިސީސީ އިން ނަތަންޔާހޫގެ އިތުރުން އިޒްރޭލްގެ އިންޓެލިޖެންސް މިނިސްޓަރ އެލީ ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއްވެސް ނެރެފައިވެއެވެ. މި އަމުރުތައް ނެރެފައިވަނީ ފަލަސްތީނުގެ ނަސްލު ނައްތައިލުމަށް ކުރަމުންދާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާ ތަކާއި ގުޅިގެންނެވެ.









