Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފި

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފި

އައިޝަތު ރުވާ ރިފްޢަތު
638 ދުވަސް ކުރިން - 28 ނޮވެންބަރު 2024 20:42
ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އާއި ނައިބް ރައީސް ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އާއި ނައިބް ރައީސް ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިޖުތިމާއި ކައުންސިލްގެ މުގައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވި.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި، ތައުލީމާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއިން ހޯދާފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، މެނޭޖްމަންޓް، ހަނާން ސުލައިމާން ވިދާޅުވެއްޖެއެވެ.

މިއަދު ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވި ހަނާން ސުލައިމާން، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއްކަން ފާހަގަކުރައްވައި، އެކަމަށް ތައުރީފްކުރެއްވިއެވެ. އަދި މި ސަރުކާރުގެ 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަރޕްލޭނަށް ތާއީދުކުރައްވާކަން ވެސް ފާހަގަކުރެއްވިއެވެ.

ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، ޔުނިސެފުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އިޖުތިމާއި ކައުންސިލްގެ މުގައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތަނުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

Advertisement

Advertisement 1

ހަނާން ސުލައިމާން ވަނީ، ތިމާވެށީގެ މައްސަލަތަކާއި ގުޅުންހުރި ވަފުދުތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އެކުލެވޭ ކަމަށްޓަކައި ތައުރީފު ކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައާއި، ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަތުމާއި ގުޅުންހުރި މަޝްވަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އެކުގައި މަސައްކަތްކުރާ ބައިވެރިންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްޔުނިސެފް މޯލްޑިވްސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރިސޯޓް ވޮލީ މުބާރާތުގެ ފައިނަލް މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

27 ދުވަސް ކުރިން - 04:15

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

69 ދުވަސް ކުރިން - 15:58

ފަރެސްމާތޮޑާ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ފަރެސްމާތޮޑާގެ 3 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

153 ދުވަސް ކުރިން - 22:15

މަޑަވެލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

މަޑަވެލީގައި ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށައިފި

153 ދުވަސް ކުރިން - 21:01

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

އީދަކީ އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ހަދަންވާނެ: ރައީސް

162 ދުވަސް ކުރިން - 22:18

ވީއައިއޭގެ ޑޮމެސްޓިކް ހިދުމަތްތައް ޒަމާނީ ޓާމިނަލަކަށް ބަދަލުވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް: ނައިބު ރައީސް

"ޑޮމެސްޓިކް ހިދުމަތްތައް ޒަމާނީ ޓާމިނަލަކަށް ބަދަލުވުމަކީ ބޮޑުކުރިއެރުމެއް"

192 ދުވަސް ކުރިން - 13:47