މަޝްރޫޢު ހަވަލުކޮށް 4 މަސް ދުވަސްވީއިރު، އިމާރާތް ކުރުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލުން އަދި ދޫނުކުރާތީ އެ މަޝްރޫއު އޮތީ ހުއްޓިފަ. ސިޓީ ކައުންސިލުން ދަނީ މަޝްރޫޢުއަށް ހުރަސްއަޅަމުން.
116 ދުވަސް ކުރިން - 12:01
މަދީނާ ޔުނިވަރސިޓީން ޑިގްރީ ހާސިލްކުރެއްވި ފުރަތަމަ ދިވެހި ދަރިވަރު، ޝައިޚް އިސްމާޢީލަކީ މަދްރަސާ ޠައިބާގެ ބާނީ. ގިނަ ޢަދަދެއްގެ ޢިލްމުވެރިން އުފެއްދެވުމާއި ދީނީ ފޮތްތައް ލިޔުއްވުމުގެ އިތުރުން، އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތްވެސް އެމަނިކުފާނު ގެންދެވީ ކުރައްވަމުން.
117 ދުވަސް ކުރިން - 08:55
މެޑަމް ސާޖިދާ ވިދާޅުވީ މުސްލިމުން ޢިލްމު ހޯދަނީ އިސްލާމް ދީނާއި ވަޒަނާއި އާއިލާ އަދި އަމިއްލަ ނަފްސަށް ފައިދާއާއި އުފާވެރިކަން ގެނައުމަށް. ނަތީޖާއެއްގެ ގޮތުން ތައުލީމާއެކު ރަނގަޅު އަޚްލާޤާއި، އިޙްތިރާމާއި، ޒިންމާދާރުކަން އެކުލެވިގެންވާން ޖެހޭކަމަށް ފާހަގަކުރެއްވި
117 ދުވަސް ކުރިން - 00:19
ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގައި 13.3 ހެކްޓަރުގެ ބިން ހިއްކައި، ޒަމާނީ ވަސީލަތްތަކާއެކު "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމްގެ މައި މަރުކަޒު އެ ރަށުގައި ޤާއިމުކުރެވޭނެ. މިއީ އަސްކަރިއްޔާގެ ތަމްރީނުތައް ހަރުދަނާކޮށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ފެށި މުހިންމު މަސައްކަތެއް.
117 ދުވަސް ކުރިން - 20:14
ސްޕެއިންއަށް ނިސްބަތްވާ މި ފަތުރުވެރިޔާ ރާއްޖެ އައީ ގަތަރު އެއާވޭސްއިން. އެމް.އޭ.ސީ.އެލް އިން ވަނީ މި ކާމިޔާބީގައި ހިއްސާވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ.
117 ދުވަސް ކުރިން - 19:53
ވޯޓާ ސަލިއުޓަކާއި ސަގާފީ ހަރަކާތްތަކުން މަރުހަބާ ކީ މި ދަތުރުތަކަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އެމް.އޭ.ސީ.އެލްގެ އަމާޒަކީ ބައިނަލްއަޤުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާ އެންމެ މަތީ ފެންވަރުގައި ކުރިއަރުވައި ހަރުދަނާކުރުން.
117 ދުވަސް ކުރިން - 17:00
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަހްމަދު ހުސައިން (25އ). އޭނާ ހައްޔަރުކޮށްފައިވަނީ ކަސްޓަމްސް އިން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި. ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ މައްސަލަ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި.
117 ދުވަސް ކުރިން - 16:04
ކުންފުނު ހަމަމަގަށް އެޅުވުމަށްޓަކައި މުވައްޒަފުން މަދުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ފެނަކަ އެމްޑީ އަފީފް ވިދާޅުވި. އޭނާ ވިދާޅުވީ މަގާމާ ހަވާލުވިއިރު ޕޭ ރޯލްގައި 8000 އެއްހާ މުވައްޒަފުން ތިބި ކަމަށް. ސިޔާސީ ބޭނުމަށް ނިމިދިޔަ ސަރުކާރުގައި ގިނަ އަދަދަކަށް ފެނަކައަށް މުވައްޒަފުން ނަގާފައިވޭ.
117 ދުވަސް ކުރިން - 11:48
މި މާރާމާރީ ހިންގާފައިވަނީ މިއަދު ހެނދުނު ފޭސް 2 ގައި ހުންނަ ޑަބްލިއު އެސް ގްރީން ފިހާރައިގައި. މި ހާދިސާއާ ގުޅިގެން އޭނާ ވަނީ ހައްޔަރުކޮށްފައި. މިކަން ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި. މިފަދަ ހާދިސާއެއް އެ ފިހާރަތެރޭ ރޭގެ ވަގުތެއްގައިވެސް ހިނގި.
117 ދުވަސް ކުރިން - 11:26
ރައީސް މުޢިއްޒުގެ ސަރުކާރުން ވިދާޅުވަމުން ގެންދަވަނީ، ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ އެއްވެސް ރައްޔިތަކީ ބޯހިޔާވަހިކަމުން މަޙްރޫމްވެފައިވާ މީހަކަށް ނުހެދުމަކީ އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށް.
118 ދުވަސް ކުރިން - 09:20
ފަސް ދުވަހުގެ ތެރޭގައި ޖުމްލަ 22,300 އަށް ވުރެ ގިނަ ކާޓްރިޖް އަތުލައިގެންފައިވާއިރު، މީގެ ކުރީގެ ޝިޕްމަންޓެއްގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ހިމެނޭކަން ވަނީ ހާމަވެފަ. ގާނޫނުގައިވާގޮތުން ވޭޕް އެތެރެކުރާ ފަރާތްތަކަށް ވަނީ ޖޫރިމަނާގެ ބޮޑު އަދަދެއް ކަނޑައަޅާފައި.
118 ދުވަސް ކުރިން - 23:02
ފަސް ދުވަހުގެ ތެރޭގައި ޖުމްލަ 22,300 އަށް ވުރެ ގިނަ ކާޓްރިޖް އަތުލައިގެންފައިވާއިރު، މީގެ ކުރީގެ ޝިޕްމަންޓެއްގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް ހިމެނޭކަން ވަނީ ހާމަވެފަ. ގާނޫނުގައިވާގޮތުން ވޭޕް އެތެރެކުރާ ފަރާތްތަކަށް ވަނީ ޖޫރިމަނާގެ ބޮޑު އަދަދެއް ކަނޑައަޅާފައި.
118 ދުވަސް ކުރިން - 23:02