ހުޅުމާލެ ފޭސް 2 އެއްގައި ހުންނަ ފިހާރައަކަށް ތޫނު ހަތިޔާރާއެކު ވަދެ މާރާމާރީ ހިންގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ އެމްއޭސީއެލް ފުލެޓުތަކުގެ ތިރީގައި ހުންނަ "ޑަބްލިއު އެސް ގްރީން" ފިހާރައިގައެވެ. މި މާރާމާރީ ހިނގާފައިވަނީ މިއަދު ހެނދުނު 10:00 އެހާއިރުއެވެ.
އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އާންމުންގެ ބަޔަކު އެމީހާ ހިފެހެއްޓުމަށްފަހު އަނިޔާކުރާ މަންޒަރު ފެނެއެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އެ މީހާ ފިހާރައަށް ވަދެފައިވަނީ ވަޅިއެއް ހިފައިގެންނެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ ނޫންކަން ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ގްރީން ފިހާރަތެރޭ މިއަދު މާރާމާރީ ހިންގާފައިވާއިރު ރޭގެ ވަގުތެއްގައި އެ ފިހާރައަށް މީހަކު ވަދެ މާރާމާރީ ހިންގާފައިވެ އެވެ. އަދި ފިހާރަ ތަކެއްޗަށް ގެއްލުންދެ މަންޒަރު ފިހާރައިގެ ކެމެރާއަށް ވަނީ އަރާފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފޭސް 2 އަކީ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދަކަށް ވުމާއެކު، މިފަދަ ހާދިސާތައް ހިނގުމަކީ އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ކަމެކެވެ.









