އެމްޑީޕީގެ ސަރުކާރުގައި ޢަރަބިއްޔާގެ ދަރިވަރުން އެހެން އިނގިރޭސި މީޑިއަމް ސްކޫލްތަކާ އެއްކޮށްލައި، އެ ސްކޫލްގެ ޚާއްޞަ ޢަރަބި އިސްލާމީ ޝަޚްޞިއްޔަތު ނައްތާލަން އުޅުނު ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ޢަރަބިއްޔާގެ ޢިއްޒަތާއި ޤަދަރު އަލުން އަނބުރާ ހޯދައިދިނުން.
64 ދުވަސް ކުރިން - 13:08
މި އިއްތިހާދު އުފެއްދި ގައުމުތަކުން ބުނެފައިވަނީ، އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށް. މި އިއްތިހާދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހްތިރާމުކޮށް، ދައުލަތްތަކުގެ ސިޔާދަތަށް އިހުތިރާމްކޮށް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރެވޭ ގޮތަށް ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ.
64 ދުވަސް ކުރިން - 19:20
72.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، އެއްގަމު ތޮށިލުމާއި، ބޭރު ތޮށި ޖެހުމުގެ އިތުރުން 150 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނޭ. މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ބްލޮކް ޖެއްސުމުގެ މަސައްކަތެއް. މި މަޝްރޫޢުގެ ސަބަބުން އޮމަދޫގެ ދަތުރުފަތުރާއި އުމްރާނީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް.
64 ދުވަސް ކުރިން - 14:23

މިއަދު ލިބުނު އެންމެ ފަހުގެ މައުލޫމާތު ތަކާއެކު މަރުވި މީހުންގެ އަދަދު 140 އާއި ގާތްކުރާއިރު، 570 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވޭ.
64 ދުވަސް ކުރިން - 14:16
އިހުސާން ވިދާޅުވީ، ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގު މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއީ ބަޔަކު ރޯކޮށްލައިގެން ހިނގި ހާދިސާއެއް ނޫން ކަމަށް ތަހުގީގަށް ހޯދިފައިިވާ ކަމަށް މިނިސްޓަރު ވިދާޅުވި.
65 ދުވަސް ކުރިން - 11:58
ގަޑިއަކު 24 މޭލަށް ވައިގަދަވެ، ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވާނެއެވެ. ދެކުނު ފިޔަވައި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެތީ ދަތުރުވެރިން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ. ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:00 އާ ހަމައަށް.
65 ދުވަސް ކުރިން - 08:47
މި ސްޓޭޝަނުން ހިދުމަތް މެދުކަނޑާލަން ޖެހުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި. މިއީ ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކުރުމަށް ފެށި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވުނު އެއް ސްޓޭޝަން.
65 ދުވަސް ކުރިން - 20:16
ސަރުކާރަށް ކިތަންމެ ފާޑުކިއުމެއް އަމާޒުކުރެއްވި ނަމަވެސް، ގައުމީ މަސްލަހަތު އިސްކުރުމުގައި އެމްޑީޕީ އަށް ވުރެ މިހާރުގެ ރައީސަށް ފުރުސަތު ދެއްވުން މާ ރަނގަޅު ކަމަށް ޔާމީން ވަނީ ފާހަގަކުރައްވާފަ.
66 ދުވަސް ކުރިން - 12:40
މާލެ އަށް ބަރޯސާވުން ކުޑަކުރުމަށް އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން 3 ރަށެއްގައި އެމްއާރްއައި އަދި 7 ރަށެއްގައި ސީޓީ ސްކޭން ޤާއިމް ކުރަނީ.
66 ދުވަސް ކުރިން - 10:22
ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަނު ކުރުމަށް ނިންމާފައިވާ ތިން ބޭފުޅުންނަކީ މުހައްމަދު އަބްދުﷲ (ޑްރީމް / ތ. ވޭމަންޑޫ)، ސުލައިމާން މުހައްމަދު (ނޫރާނީގެ / ޅ. ކުރެންދޫ) އަދި އަހުމަދު ތައުފީގް (ޑޭޒީމާގެ / ހއ. ދިއްދޫ).
66 ދުވަސް ކުރިން - 08:57
ވަތަނީ ހިދުމަތުގެ 4 ވަނަ ބެޗަށް ކުދިން ނެގުމަށް ރާއްޖޭގެ 13 ސަރަހައްދެއްގައި މިހާރު ވަނީ މަރުހަލާގައް ފަށާފަ. މި ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢެއް.
66 ދުވަސް ކުރިން - 20:14
މާލެ އަށް ބަރޯސާވުން ކުޑަކުރުމަށް އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން 3 ރަށެއްގައި އެމްއާރްއައި އަދި 7 ރަށެއްގައި ސީޓީ ސްކޭން ޤާއިމް ކުރަނީ.
66 ދުވަސް ކުރިން - 10:22