Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އދ. އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ

އދ. އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 11 އޯގަސްޓް 2026 14:23
އޮމަދޫ ބަނދަރު. / ފޮޓޯ: އެމްޓީސީސީ
އޮމަދޫ ބަނދަރު. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

72.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، އެއްގަމު ތޮށިލުމާއި، ބޭރު ތޮށި ޖެހުމުގެ އިތުރުން 150 މީޓަރުގެ ޖެޓީއެއް ހެދުން ހިމެނޭ. މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ބްލޮކް ޖެއްސުމުގެ މަސައްކަތެއް. މި މަޝްރޫޢުގެ ސަބަބުން އޮމަދޫގެ ދަތުރުފަތުރާއި އުމްރާނީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް.

އދ. އޮމަދޫ ބަނދަރު އަޕްގްރޭޑް ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ ޖުމްލަ 42 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް އިިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 17 ޖުލައި 2023 ގައެވެ. މި މަޝްރޫޢުގެ އަގަކީ 72,322,592.58 (ހަތްދިހަ ދެ މިލިއަން ތިންލައްކަ ބާވީސް ހާސް ފަސްސަތޭކަ ނުވަދިހަ ދެ ރުފިޔާ ފަންސާސް އަށް ލާރި) އެވެ. މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 30 ޖުލައި 2023 ގައެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

Advertisement

Advertisement 1

ބަނދަރު ފުންކުރުމާއި ނެރު ފުންކުރުން (ޖުމްލަ 61,870 ކިއުބިކް މީޓަރު)، މީގެ ތެރޭގައި މިހާރު އޮތް ބަނދަރުގެ މެއިންޓެނަންސް ފުންކުރުންވެސް ހިމެނެއެވެ.

  1. 346.1 މީޓަރުގެ އެލް-ބްލޮކް އެއްގަމު ތޮށިލުން.
  2. 606 މީޓަރުގެ ބޭރު ތޮށިލުމާއި ރިވެޓްމަންޓް ޖެހުން.
  3. 1,647.11 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން.
  4. 150 މީޓަރުގެ ޖެޓީއެއް ހެދުން.
  5. ބަނދަރު ބައްތި ހަރުކުރުން.

އެމްޓީސީސީން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިހާރު ސައިޓުގައި ކުރިއަށްދަނީ ބޭރު ރިވެޓްމަންޓް އެއްގަމުތޮށީގެ ބްލޮކްލައިން ކޮނުމާއި، އެއްގަމު ތޮށީގެ ބްލޮކް ޖެއްސުމުގެ މަސައްކަތްތަކެވެ.

އދ. އޮމަދޫގެ ބަނދަރުގެ މަސައްކަތް ނިމުމުން، އެ ރަށުގެ ދަތުރުފަތުރާއި، ކަނޑުމަތީގެ ރައްކާތެރިކަން އިތުރުވެ، އުމްރާނީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު މިހާރުވެސް ދަނީ ކުރިއަށެވެ.

އެމްޓީސީސީއދ. އޮމަދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް 3 ޕަމްޕު ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ

“އޮގަސްޓު 15 އިގެ ފަހުން ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވާ މައްސަލަ ދާއިމީކޮށް ހައްލުވާނެ”

11 ދުވަސް ކުރިން - 18:20

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

18 ދުވަސް ކުރިން - 16:00

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

19 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

20 ދުވަސް ކުރިން - 11:30

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

23 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

24 ދުވަސް ކުރިން - 21:11