Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

އައިޝަތު ރުވާ ރިފްޢަތު
7 ގަޑިއިރު ކުރިން - 11 އޯގަސްޓް 2026 08:47
ސިނަމާލެ ބުރިޖް ސަރަހައްދު. / ފޮޓޯ: ޚުލާސާ
ސިނަމާލެ ބުރިޖް ސަރަހައްދު. / ފޮޓޯ: ޚުލާސާ
ޚުލާސާ

ގަޑިއަކު 24 މޭލަށް ވައިގަދަވެ، ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވާނެއެވެ. ދެކުނު ފިޔަވައި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެތީ ދަތުރުވެރިން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ. ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:00 އާ ހަމައަށް.

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހުދު ސަމާލު ނެރެފައިވަނީ ފަތިހު 05:15 އިން ފެށިގެން ހެނދުނު 11:00 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހަވީރު 18:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

Advertisement 1

ވައި ޖެހޭނެ ކަމަށް ލަފާކުރާ ބާރުމިނަށް ބަލާއިރު، ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނެއްގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

މެޓް އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް، ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް، ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ވިއްސާރަމޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޫސުން ގޯސްވުމުގެ ސަބަބުން އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516 އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

މޫސުން ގޯސްވެެ އެހީތެރިކަން ބޭނުންވާ ފަރާތްތައް 1516އަށް ގުޅުއްވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

11 ދުވަސް ކުރިން - 14:51

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

11 ދުވަސް ކުރިން - 09:58

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

38 ދުވަސް ކުރިން - 12:19

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

67 ދުވަސް ކުރިން - 12:25

ޗައިނާގައި ފެންބޮޑުވެ ގިނަބަޔކު މަރުވެ، ގެއްލިއްޖެ

ޗައިނާގައި ފެންބޮޑުވެ ގިނަބަޔކު މަރުވެ، ގެއްލިއްޖެ

83 ދުވަސް ކުރިން - 10:29

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

85 ދުވަސް ކުރިން - 14:36