2012 ވަނަ އަހަރު އިންޑިއާގެ އަންހެނަކު ބަނޑުގައި ރިއްސާތީ އޮޕަރޭޝަނެއް ކުރިފަހުން ޑޮކަޓަރުން ހަނދާންނެތި އޭނޭގެ ބަނޑުގައި ކަތުރެއް ބޭއްވި. މިކަން އެނގުނީ ރިހުމަށް ބަދަލެއް ނާންނާތީ މިމަހުގެ ކުރީކޮޅު ޑޮކްޓަރަށް ދެއްކުމުން.
730 ދުވަސް ކުރިން - 11:08
އެފްރިކާގެ 18 ޤައުމެއްގައި އެމްޕޮކްސް ބަލިމަޑުކަން ފެތުރި، 42،000 މީހުންނަށް ޖެހި، 1،100 މީހުން މަރުވެއްޖެ. ބަލި ކޮންޓްރޯލް ކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާ ކަމަށް އެފްރިކާ ސީޑީސީން ބުނެފި.
731 ދުވަސް ކުރިން - 09:47
އުރަމަތީގެ ކެންސަރު ހުރިތޯ ބެއްލެވުމަށް 40 އަހަރުން މަތީގެ ހުރިހާ އަންހެނުން މެމޯގުރާމެއް ހެއްދެވުމަށް އިލްތިމާް ކުރައްވަމުން މެޑަމް ވިދާޅުވީ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ފަސޭހަކުރެވޭ ކަމަށް..
734 ދުވަސް ކުރިން - 12:46
ވޭޕާއި ދެކޮޅަށް ރައީސް ޑރ. މުޢިއްޒު އެޅުއްވި ފިޔަވަޅަށް ތާޢީދު ކުރައްވައި، މެޑިކަލް ޕްރޮފެސަރުންނާއި ޙަވާލާދީ ފާޒިލް ވިދާޅުވީ ސިއްހީ ނުރައްކާތަކާއި ދަރިމައިވުމުގެ މައްސަލަތަކާއި، އަންނަން އޮތް ޖީލުތަކުގެ ރައްކަލަކަށް ވޭޕާއި ދުރުވުމަށް.
735 ދުވަސް ކުރިން - 20:49
ދަރުމަވަންތަ ހޮސްޕިޓަލުގައި ކެތު ލެބް ހިމެނޭ ޒަމާނީ ހައިބްރިޑް އޮޕަރޭޓިން ތިއޭޓަރެއް ބޭނުންކުރަން ފަށައިފި. މި ވަސީލަތުގެ ސަބަބުން ނާރުގެ އަދި ހިތުގެ އޮޕަރޭޝަންތަކާއި އެހެނިހެން ޕްރޮސީޖަރތައް ހެދުމަށް މަގުފަހިވެގެންދާނެ
740 ދުވަސް ކުރިން - 06:38
މި އެވޯޑަކީ ދިވެހިރާއްޖޭގެ ޢާއްމު ސިއްޙަތުގެ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެއްކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ބުންނޭ.
742 ދުވަސް ކުރިން - 11:11
އެފްރިކާގައި އެމްޕޮކްސް ބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ، ކޮންގޯގައި ވެކްސިން ދޭން ފަށައިފި. ނަމަވެސް ވެކްސިންގެ ދަތިކަން ހުރުމާއެކު، ގިނަ ބަޔަކަށް ވެކްސިން ނުދެވޭ.
745 ދުވަސް ކުރިން - 23:58
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކުރެވުނު އޮޕަރޭޝަނެއްގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ހާދިސާއެއްގައި 86 އަހަރުގެ މީހެއްގެ ލޮލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފާހަގަކުރެވިއްޖެ. މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުން މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވޭ
745 ދުވަސް ކުރިން - 23:57
މެލޭޝިއާގައި އެމްޕޮކްސް ވައިރަސްގެ އައު ކޭހެއް ފާހަގަކުރެވި، ބަލި ޖެހުނު މީހާ އެކަހެރިކޮށްފި. މިއީ ކްލޭޑް 2 ބާވަތުގެ ކޭހެއް ކަމަށާއި، މިއީ މާ ގޯސްނޫން ބާވަތެއްކަމަށް މެލޭޝިއާގެ ސިއްޚީ ވުޒާރާއިން ވަނީ ބުނެފައި. މެލޭޝިއާއިން މިހާތަނަށް އެމްޕޮކްސްގެ 10 ކޭސް ވަނީ ފާހަގަކުރެވިފައި.
764 ދުވަސް ކުރިން - 13:27
އެޗްޕީއޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ އޮގަސްޓް މަހު ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބައްޔަށް 5,460 މީހުން ފަރުވާ ހޯދާފައިވާއިރު، ޖުލައި މަހު މި ބައްޔަށް ފަރުވާ ހޯދާފައިވަނީ 5,106 މީހުން. މި ބައްޔަށް ފަރުވާ ހޯދި މީހުން އޮގަސްޓް މަހު އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައި.
765 ދުވަސް ކުރިން - 15:58
ރާއްޖޭގައި މަރުވާ މީހުންގެ 17% މަރުވަނީ ކެންސަރު ބަލީގައި އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ އަތޮޅުގައި. އަދި ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް ކެންސަރު އަދި އަނގައިގެ ކެންސަރު.
767 ދުވަސް ކުރިން - 14:10
ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ކެއުމުގެ ކުރިން ދޮވެ ސާފުކުރުމަށް ވަކި ގޮތްތަކެއް ބޭނުންވޭ. ޖަރާސީމު އެއްކޮށް ނައްތާލެވޭނީ ހަމައެކަނި ކެއްކުމުން.
776 ދުވަސް ކުރިން - 22:06