މާލެ ސަރަޙައްދުގެ ކެންސަރު ދަފްތަރުގައި 1400 އަށްވުރެ ގިނަ މީހުން!

އައިޝަތު ރުވާ ރިފްޢަތު | 442 ދުވަސް ކުރިން - 14 ސެޕްޓެންބަރު 2024 14:10
ދަރުމަވަންތަ ހޮސްޕިޓަލް / ފޮޓޯ: ޚުލާސާ
ދަރުމަވަންތަ ހޮސްޕިޓަލް / ފޮޓޯ: ޚުލާސާ
ޚުލާސާ

ރާއްޖޭގައި މަރުވާ މީހުންގެ 17% މަރުވަނީ ކެންސަރު ބަލީގައި އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ އަތޮޅުގައި. އަދި ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް ކެންސަރު އަދި އަނގައިގެ ކެންސަރު.

މާލެ ސަރަޙައްދުގެ ކެންސަރު ދަފްތަރުގައި މިހާތަނަށް 1400 އަށްވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ބުނާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގެ ކެންސަރު ބަލީގެ ތަފާސްހިސާބު އެކުލަވާލުމުގެ މަސައްކަތް ކުރް ކުރިއަށްދާ ކަމަށާއި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި މަޢުލޫމާތު އެއްކުރެވޭނެ އެވެ.

މި ދިރާސާގެ ތެރެއިން ކެންސަރުގެ ބާވަތްތަކާއި، ބަލި ޖެހުމަށް މަގުފަހިވާ ކަންތައްތައް ދެނެގަނެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި މިހާރުވެސް ރަށު އަދި އަތޮޅު ފެންވަރުގައި ސްކްރީންކޮށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ބުނެފައިވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ އަތޮޅުގައެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ފެންނަނީ އުރަމަތީގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ލޭގެ ކެންސަރު، ތައިރޮއިޑް ކެންސަރު އަދި އަނގައިގެ ކެންސަރެވެ.

ކެންސަރުގެ ފަރުވާއާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނާ ގޮތުގައި މައިގަނޑު ފަރުވާތައް ދެނީ ރާއްޖެއިން ބޭރުންނެވެ. މިކަމަކީ ބަލިމީހުންނަށް ތަކުލީފު ބޮޑު އަދި ޚަރަދު ބޮޑު ކަމެއް ކަމަށް ވެސް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ސަރުކާރުގެ މަޤްޞަދަކީ ރައްޔިތުންނަށް ލުޔެއް ހޯދައިދިނުން ކަމަށާއި، މި ގޮތުން ޒަމާނީ ކެންސަރު ހޮސ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމުކުރުމަށް މަސައްކަތްކުރާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، ރާއްޖޭގައި މަރުވާ މީހުންގެ 17% މަރުވަނީ ކެންސަރު ބަލީގައި ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%