Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މެލޭޝިއާއިން އެމްޕޮކްސްގެ އައު ކޭހެއް ފެނިއްޖެ

މެލޭޝިއާއިން އެމްޕޮކްސްގެ އައު ކޭހެއް ފެނިއްޖެ

އާނާ ފަހީމް
676 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 13:27
ފޮޓޯ: ރިއުޓާސް
ފޮޓޯ: ރިއުޓާސް
ޚުލާސާ

މެލޭޝިއާގައި އެމްޕޮކްސް ވައިރަސްގެ އައު ކޭހެއް ފާހަގަކުރެވި، ބަލި ޖެހުނު މީހާ އެކަހެރިކޮށްފި. މިއީ ކްލޭޑް 2 ބާވަތުގެ ކޭހެއް ކަމަށާއި، މިއީ މާ ގޯސްނޫން ބާވަތެއްކަމަށް މެލޭޝިއާގެ ސިއްޚީ ވުޒާރާއިން ވަނީ ބުނެފައި. މެލޭޝިއާއިން މިހާތަނަށް އެމްޕޮކްސްގެ 10 ކޭސް ވަނީ ފާހަގަކުރެވިފައި.

އެމްޕޮކްސް ވައިރަސްގެ އައު ކޭހެއް ފެނިފައިވާ ކަމަށް މެލޭޝިއާގެ ސިއްޙީ ވުޒާރާއިން މިދިޔަ އަންގާރަ ދުވަހު ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މިއީ ކްލޭޑް 2 ބާވަތުގެ ކޭހެއް ކަމަށާއި، މިއީ މާ ގޯސްނޫން ބާވަތެއްކަމަށް ކަމަށެވެ.

މެލޭޝިއާގެ ސިއްޙީ ވުޒާރާއިން ބުނީ މި ކޭސް ފާހަގަކުރެވުނީ ހޯމަ ދުވަހު ކަމަށާއި ބަލި ޖެހުނު މީހާއަކީ މެލޭޝިއާގެ ރައްޔިތެއް ކަމަށެވެ. ސެޕްޓެމްބަރު 11 ވަނަ ދުވަހު އޭނާ ހުންއައިސް، ކަރުގައި ރިއްސުމާއި، ކެއްސުން ފަދަ އަލާމާތްތައް ފެނި، އަނެއް ދުވަހު އޭނާގެ ހަށިގަނޑުގައި ބޮޑެތި ލައްތައް ފެނިފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.

Advertisement

Advertisement 1

މި ބަލި ޖެހުނު މީހާ މިހާރު ވަނީ އެކަހެރިކޮށްފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ސިއްޙީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި ބަލި ޖެހުނު މީހާއާ ގުޅުން ހުރި އެންމެން ދެނެގަނެ، އެ މީހުންގެ ސިއްޙީ ހާލަތު ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބަލަހައްޓަމުންދާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މެލޭޝިއާގައި މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް އެމްޕޮކްސްގެ 10 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މި ހުރިހާ ކޭހަކީވެސް ކްލޭޑް 2 ބާވަތުގެ ކޭސްތަކެކެވެ.

މިދިޔަ މަހު، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ އެމްޕޮކްސްއަކީ ދުނިޔޭގެ އާންމު ސިއްޙަތަށް ނުރައްކާވެފައިވާ ކުއްލި ހާލަތެއް ކަމުގައި އިޢުލާނުކޮށްފައިވެއެވެ. މިއީ އެ ޖަމްޢިއްޔާއިން ދޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެކެވެ.

މި ބަލި ޖެހެނީ މަންކީޕޮކްސް ވައިރަހުންނެވެ. މިއީ އާންމުކޮށް މާ ގޯސް ބައްޔެއް ނޫނެވެ. ނަމަވެސް މަރުވުމުގެ ފުރުސަތުވެސް މި ބަލީގައި އޮންނައިރު، ކުޑަކުދިންނާއި، މާބަނޑު އަންހެނުންނާއި، އެޗްއައިވީ ފަދަ ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑެވެ.

އެމްޕޮކްސްމެލޭޝިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބޭއްވި ހޭންޑްބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

46 ދުވަސް ކުރިން - 23:30

މެލޭޝިއާ އާއި ސިންގަޕޫރު ހިމެނޭ ގޮތަށް އިތުރު މާކެޓްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

އިތުރު މާކެޓްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ފަށައިފި

125 ދުވަސް ކުރިން - 19:24

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ކަނޑައަޅައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ކުށް ސާބިތުވެއްޖެ

211 ދުވަސް ކުރިން - 13:55

ދުނިޔޭގެ އެންމެ އަގު ބޮޑު އޭވިއޭޝަން ސަރޗް އޮޕަރޭޝަން ފަށައިފި

އެންމެ އަގުބޮޑު ސަރޗް އޮޕަރޭޝަން އަނެއްކާވެސް ފަށައިފި

233 ދުވަސް ކުރިން - 15:27

ޠޫފާނުގައި އިރުދެކުނު އޭޝިއާއިން 460 މީހުން މަރުވެއްޖެ

ޠޫފާނުގައި އިރުދެކުނު އޭޝިއާއިން 460 މީހުން މަރުވެއްޖެ

238 ދުވަސް ކުރިން - 00:29

ޓްރަމްޕަކީ އަނިޔާވެރިއެކޭ ބުނި ރައްޔިތުން މެލޭޝިއާ ސަރުކާރުން ހައްޔަރުކޮށްފި

ޓްރަމްޕަކީ ނުބައި މީހެކޭ ބުނި މީހުން ހައްޔަރުކޮށްފި

272 ދުވަސް ކުރިން - 00:10