މެލޭޝިޔާގެ ބޮޑުވަޒީރު ޔާންގް ދާތޯއި ސެރީ އަންވަރު އިބްރާހީމްގެ ބޭބޭފުޅު އިދްރޫސް އިބްރާހީމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބޭބޭފުޅު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި އެމަނިކުފާނުގެ އާއިލާއަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާފައިވެއެވެ.

މީގެއިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަމާއި ހިތްހަމަޖެހުން މިންވަރުކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުއާ ދަންނަވާފައެވެ.