ޢާއްމު ސިއްޙަތުގެ ދާއިރާއިން ރާއްޖެއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާތީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެއަށް ޝަރަފުގެ އެވޯޑެއް ދީފިއެވެ. މި އެވޯޑު ދީފައިވަނީ ޑަބްލިއުއެޗްއޯގެ މިއަހަރުގެ ސަރަޙައްދީ ބައްދަލުވުމުގެ ތެރެއިންނެވެ.

ސިއްޙަތާބެހޭ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، ސަރަޙައްދީ ފެންވަރުގައި ޢާއްމު ސިއްޙަތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ޙާސިލުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާކަން ޑަބްލިއުއެޗްއޯއިން ބަލައިގަނެފަވެއެވެ.

ރާއްޖެއަށް މި އެވޯޑު ދީފައިވަނީ އަންނަނިވި ކާމިޔާބީތަކަށް ބިނާކޮށެވެ:

1. ހެޕަޓައިޓިސް ބީ ނައްތާލެވިފައިވުން

2. ޢުމުރުން 5 އަހަރުން ދަށުގެ ކުދިން ނިޔާވާ މިންވަރު މަދުކުރެވިފައިވުން

3. އުފަންވާތާ މަހެއްނުވެ ނިޔާވާ ކުދިންގެ ނިސްބަތް ދަށްކުރެވިފައިވުން

4. ބަނޑަށް 20 ހަފްތާގައި ނިޔަވާ ކުދިންގެ ނިސްބަތް ދަށްކުރެވިފައިވުން

ރާއްޖޭގެ އިތުރުން، ޑިމޮކްރެޓިކް ޕިޕަލްސް ރިޕަބްލިކް އޮފް ކޮރެއާ، އިންޑޮނޭޝިއޭޝިއާ، ސްރީލަންކާ އަދި ތައިލެންޑުންވެސް މި ލަނޑުދަނޑިތައް ޙާސިލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ޑަބްލިއުއެޗްއޯއިން މިއަހަރުގެ ޖެނުއަރީ މަހު ވަނީ ރާއްޖެއިން ހެޕަޓައިޓިސް ބީ ނައްތާލެވިފައިވާކަމަށް ކަނޑައަޅާފައެވެ. މިގޮތުން، ރާއްޖޭގައި ބައްޔާ ދެކޮޅަށް ފަށާފައިވާ ވެކްސިން ކެމްޕޭންގެ ކާމިޔާބީއާއި، މާބަނޑު ދުވަސްވަރު ބަލީގެ ޢަލާމާތްތައް ދެނެގަނެވި ފަރުވާގެ ނިޒާމު ހަރުދަނާކުރެވިފައިވާކަން ޑަބްލިއުއެޗްއޯއިން ޚާއްޞަކޮށް ފާހަގަކޮށްފަވެއެެވެ.

މި އެވޯޑަކީ ދިވެހިރާއްޖޭގެ ޢާއްމު ސިއްޙަތުގެ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެއްކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ބުންޏެވެ.