
އެ ހާދިސާ ތަހުގީގުކުރަން އުފެއްދެވި ހާއްސަ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުވާލައްވާފައި ވަނީ، ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން، އެކަމަށްޓަކާ ނެރުއްވި ގަރާރަކުން.
332 ދުވަސް ކުރިން - 21:49

ޔުމްނުގެ މައްސަލައިގައި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ އިހުމާލު އިތުރަށް ތަޙްޤީޤުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި.
352 ދުވަސް ކުރިން - 11:13

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުންގެ ތަޙްޤީޤުގައި ހިނގާފައިވާ އެންމެހާ ފަރުވާކުޑަ ކަންކަން ރަނގަޅުކޮށް، އެފަދަކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި ފުލުހުންނަށް ތަމްރީނު ދިނުމަށް ރައީސް އަމުރުކުރައްވައިފި.
352 ދުވަސް ކުރިން - 11:00

މި ރިޕޯޓް ޢާންމުކުރެއްވީ، ކޮމިޝަނުގެ ރިޕޯޓް ރައީސް އަށް ލިބިވަޑައިގެންނެވި ގޮތަށް ޢާންމު ކުރެއްވުމަށް ރައީސް ނިންމެވުމާ ގުޅިގެން.
358 ދުވަސް ކުރިން - 18:27

ރައީސް މި ކޮމިޝަން އުފެއްދެވީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަޙުޤީޤާއި މެދު އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ، އިންސާފަށް އެދި މުޒާހަރާތަކެއް ފެށުމާއި ގުޅިގެން.
359 ދުވަސް ކުރިން - 12:48

އެނގިފައިވާ ގޮތުގައި ޔުމްނު ވެއްޓިފައިވަނީ މަސްތުވާ ތަކެތި ބޭނުންކުރުމުގެ ސަބަބުން ހަމަބުއްދި ފިލާފައިވާ ދަނޑިވަޅެއްގަ. މިހާތަނަށް ކުރި ތަޙްޤީޤުން އޭނާ ވެއްޓުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނެތް.
375 ދުވަސް ކުރިން - 10:38

ޔުމްނުގެ މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުން ގަދައަޅައި މަސައްކަތްކުރަމުންދޭ. ޔުމްނު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިއާގައި އެބަތިބި.
385 ދުވަސް ކުރިން - 16:56

މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅުއްވާފައިވާ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ މިއަދުގެ މަޖިލިސް ޖަލްސާއަށް ވަޑައިގަތް.
392 ދުވަސް ކުރިން - 15:34

އުމުރުން 21 އަހަރުގެ ރައުދުގެ ބަންދުގެ މުއްދަތު އިތުރުކުރި މިއީ ހަތަރު ވަނަ ފަހަރު. މިފަހަރު އިތުރު 20 ދުވަސް.
392 ދުވަސް ކުރިން - 15:31

މައްސަލައިގެ ތަހުގީގު މިހާރުވެސް ދަނީ ކުރިޔަށް. އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ދަނީ ކަށަވަރުކުރަމުން.
398 ދުވަސް ކުރިން - 16:47

އެ ހާދިސާއާ ގުޅޭ ގޮތުން، އެއްވެސް މަޢުލޫމާތެއް, ފޮޓޯ/ވީޑިއޯ ނުވަތަ އެ ނޫން ވެސް އެއްވެސް ލިޔުމެއް އޮތް ނަމަ ހިއްސާކުރަން ވަނީ އެދިފައި.
399 ދުވަސް ކުރިން - 16:56

ޔުމްނުގެ ހާލަތު މިހާރު ވަނީ "ސްޓޭބަލް".
402 ދުވަސް ކުރިން - 19:53

މަސައްކަތާ އަޅާބަލާއިރު އެލަވަންސް މަދު ކަމުގައި ވިޔަސް، އެއްވެސް ޝަކުވާއެއް ކުރުމެއްނެތި އެބޭފުޅުން މަސްއޫލިއްޔަތާއި ޙަވާލުވީ ޤައުމީ ކަމެއްގެ ގޮތުގަ.
403 ދުވަސް ކުރިން - 09:36