Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޔުމްނު މައްސަލައިގެ ރިޔާސީ ތަޙްޤީޤު ނިމި، 2 ހަފުތާ ތެރޭ ރިޕޯޓު ހަވާލުކުރަނީ

ޔުމްނު މައްސަލައިގެ ރިޔާސީ ތަޙްޤީޤު ނިމި، 2 ހަފުތާ ތެރޭ ރިޕޯޓު ހަވާލުކުރަނީ

ހުސައިން އިސްމާއިލް
375 ދުވަސް ކުރިން - 1 ޖޫން 2025 10:38
ޔުމްނު ވެއްޓުނު މައްސަލަ ބަލަން އުފެއްދި ކޮމިޝަންގެ ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޔުމްނު ވެއްޓުނު މައްސަލަ ބަލަން އުފެއްދި ކޮމިޝަންގެ ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެނގިފައިވާ ގޮތުގައި ޔުމްނު ވެއްޓިފައިވަނީ މަސްތުވާ ތަކެތި ބޭނުންކުރުމުގެ ސަބަބުން ހަމަބުއްދި ފިލާފައިވާ ދަނޑިވަޅެއްގަ. މިހާތަނަށް ކުރި ތަޙްޤީޤުން އޭނާ ވެއްޓުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނެތް.

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓި، އަނިޔާވި ހައްވާ ޔުމްނު ރަޝީދުހެ މައްސަލައިގެ ހަޤީޤަތް ހޯދުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮމިޝަނުގެ ތަޙުޤީޤު ރިޕޯޓު ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް މުޙައްމަދު މުޢިއްޒަށް ހަވާލުކުރާނެ ކަމަށެވެ.

Advertisement

Advertisement 1

މި ކޮމިޝަނުގެ ރައީސަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރެވެ. ކޮމިޝަނުގައި ހިމެނެނީ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު މުޙައްމަދު، ޑރ. މޫސާ މުރާދު، ކްލިނިކަލް ނަރުސް ޖަބީން މުޙައްމަދު އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސްވެރިއެއް ކަމަށްވާ އާމިނަތު އީނާސްއެވެ.

މައްސަލައިގެ ތަޙްޤީޤު ފުޅާކުރުމަށް އެ ކޮމިޝަނުން ޚާއްޞަ ޕޯޓަލް އެއް ވެސް ތަޢާރަފް ކުރިކަން ފާހަގަ ކުރެވެއެވެ.

ރައީސް ޑރ. މުޢިއްޒު މި ކޮމިޝަން އުފެއްދެވީ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަޙުޤީޤާއި މެދު އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ، އިންސާފަށް އެދި މުޒާހަރާތަކެއް ފެށުމާއި ގުޅިގެންނެވެ. ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މައްސަލައިގެ ހަޤީޤަތް ހޯދުމާއި، ފުލުހުންގެ ތަޙުޤީޤު ހިންގާފައިވަނީ ރަނގަޅަށްތޯ ބެލުން ހިމެނެއެވެ.

މި މައްސަލައިގައި އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފުލުހުން ދީފައިވާ މަޢުލޫމާތުތައް ދިމާނުވުމާއި، ތުހުމަތުކުރެވޭ ފަރާތްތަކާމެދު އާންމު އުސޫލާއި ޚިލާފަށް ލުއި ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވުމެވެ.

އެނގިފައިވާ ގޮތުގައި ޔުމްނު ވެއްޓިފައިވަނީ މަސްތުވާ ތަކެތި ބޭނުންކުރުމުގެ ސަބަބުން ހަމަބުއްދި ފިލާފައިވާ ދަނޑިވަޅެއްގައެވެ. މިހާތަނަށް ކުރި ތަޙްޤީޤުން އޭނާ ވެއްޓުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނެތެވެ.

ޔުމްނު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔުމްނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިމުމުން އުވާލައިފި

ޔުމްނު މައްސަލަ ތަހުގީގުކުރަން ހެދި ކޮމިޝަން އުވާލައިފި

332 ދުވަސް ކުރިން - 21:49

ޔުމްނު މައްސަލަ: ތަޙްޤީޤު އިތުރަށް ފުޅާ ކުރަނީ

ޔުމްނު މައްސަލަ: ތަޙްޤީޤު އިތުރަށް ފުޅާ ކުރަނީ

352 ދުވަސް ކުރިން - 11:13

ޔުމްނުގެހާދިސާ: ފުލުހުންގެ ފަރުވާކުޑަ ކުރުން ތަކުރާރުވިޔަ ނުދިނުމަށް ރައީސްގެ ހަރުކަށި އަމުރެއް

ޔުމްނުގެހާދިސާ: ފުލުހުންގެ ކަންކަން ރަނގަޅުކުރުމަށް ރައީސް އަމުރުކުރައްވައިފި

352 ދުވަސް ކުރިން - 11:00

ޔުމްނު މައްސަލަ: ކޮމިޝަނުގެ ތަޙުޤީޤީ ރިޕޯޓު ޢާންމުކޮށްފި

ޔުމްނު މައްސަލަ: ކޮމިޝަނުގެ ތަޙުޤީޤީ ރިޕޯޓު ޢާންމުކޮށްފި

359 ދުވަސް ކުރިން - 18:27

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ކޮމިޝަނުގެ ރިޕޯޓު ރައީސް އަށް ހުށަހަޅައިފި

ޔުމްނު މައްސަލަ: ކޮމިޝަނުގެ ރިޕޯޓު ރައީސްއަށް ހުށަހަޅައިފި

359 ދުވަސް ކުރިން - 12:48

ޔުމްނުގެ ޢާއިލާއިން އެއްބާރުލުން ނުދިނުމުން މެލޭޝިޔާ ފުލުހުންގެ އެހީއާއެކު ބަޔާން ނަގަނީ

ޔުމްނުގެ ޢާއިލާ އެއްބާރުލުންނުދިން, މެލޭޝިޔާފުލުހުންގެ އެހީގައި ބަޔާންނަގަނީ

385 ދުވަސް ކުރިން - 16:56