Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔުމްނުގެހާދިސާ: ފުލުހުންގެ ފަރުވާކުޑަ ކުރުން ތަކުރާރުވިޔަ ނުދިނުމަށް ރައީސްގެ ހަރުކަށި އަމުރެއް

ޔުމްނުގެހާދިސާ: ފުލުހުންގެ ފަރުވާކުޑަ ކުރުން ތަކުރާރުވިޔަ ނުދިނުމަށް ރައީސްގެ ހަރުކަށި އަމުރެއް

ހުސައިން އިސްމާއިލް
442 ދުވަސް ކުރިން - 24 ޖޫން 2025 11:00
ފުލުހުންގެ 92ވަނަ އަހަރީ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ ފުލުހުންނާއި މުޚާޠަބުކުރައްވަނީ.
ފުލުހުންގެ 92ވަނަ އަހަރީ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ ފުލުހުންނާއި މުޚާޠަބުކުރައްވަނީ.
ޚުލާސާ

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުންގެ ތަޙްޤީޤުގައި ހިނގާފައިވާ އެންމެހާ ފަރުވާކުޑަ ކަންކަން ރަނގަޅުކޮށް، އެފަދަކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި ފުލުހުންނަށް ތަމްރީނު ދިނުމަށް ރައީސް އަމުރުކުރައްވައިފި.

މިއަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅުމަތީގައި ޙައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތް ހާދިސާ ތަޙްޤީޤްކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވާ ގޮތުގެ ފަރުވާކުޑަކަން ފާހަގަކުރައްވައި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އަމުރުފުޅެއް ނެރުއްވައިފިއެވެ. އެމަނިކުފާނު މި އަމުރުފުޅު ނެރުއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރެވިފައިވާ ގޮތުގައި، ޙާދިސާގެ މަޢުލޫމާތު ލިބުނުތާ ގަޑިއެއްހާއިރު ފަހުން މެނުވީ ފުލުހުންގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މަޢުލޫމާތު ދީފައެއްނުވެއެވެ. މިކަމުގެ ސަބަބުން، ކުށުގެ ވެށިން ތަޙްޤީޤަށް ބޭނުންވާނެ ހެކިތައް ނެގި ނިމުނު ފަހުން މެނުވީ އިންވެސްޓިގޭޝަން އޮފިސަރަށް ހާދިސާ ހިނގި ސަރަޙައްދަށް ދެވިފައެއްނުވެއެވެ. އަދި ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރުވެސް ތަޙްޤީޤުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަޙްޤީޤަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާކަން ރިޕޯޓުން ހާމަވެއެވެ.

އަދި ކުށުގެ ވެއްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ހުރިހާ ސަރަޙައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާކަމަށާއި، ޙައްވާ ޔުމްނު އޮތް ހ. މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައިނުވާކަން ވެސް ރިޕޯޓުގައި ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކާތެރިކުރެވިފައި ނެތްކަން ވެސް ރިޕޯޓުން ހާމަވެއެވެ.

Advertisement

Advertisement 1

މިކަންކަން ތަކުރާރުވިޔަ ނުދިނުމަށް، ފުލުހުންގެ އެސް.އޯ.ޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް ތަމްރީނު ދިނުމަށާއި، މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިޞްލާޙީ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

ޔުމްނުމޯލްޑިވްސް ޕޮލިސް ސަރވިސްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20