Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޔުމްނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިމުމުން އުވާލައިފި

ޔުމްނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިމުމުން އުވާލައިފި

އަހްމަދު އީޒާން
332 ދުވަސް ކުރިން - 13 ޖުލައި 2025 21:49
ޔުމްނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މެމްބަރުން / ފޮޓޯ: ރައީސް އޮފީސް
ޔުމްނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުގެ މެމްބަރުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެ ހާދިސާ ތަހުގީގުކުރަން އުފެއްދެވި ހާއްސަ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުވާލައްވާފައި ވަނީ، ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން، އެކަމަށްޓަކާ ނެރުއްވި ގަރާރަކުން.

މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިމުމުން އެ ކޮމިޝަން މިއަދު އުވާލައްވައިފި އެވެ. 

ރައީސް އޮފީހުން ބުނީ އެ ހާދިސާ ތަހުގީގުކުރަން އުފެއްދެވި ހާއްސަ ކޮމިޝަން ރައީސް ޑރ. މުއިއްޒު އުވާލައްވާފައި ވަނީ، ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައިވާ ގޮތުގެ މަތީން، އެކަމަށްޓަކާ ނެރުއްވި ގަރާރަކުން ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަން ރައީސް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.

Advertisement

Advertisement 1

ރައީސް އެ ކޮމިޝަނަށް މަތިކުރެއްވީ، ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށެވެ.

އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކޮށް، ރައީސަށް ލަފާއެރުވުމަށް ވެސް އެ ކޮމިޝަނަށް މަތިކުރެއްވި އެވެ.

އެ ކޮމިޝަނުން އެކުލަވާލި ތަހުގީގީ ރިޕޯޓު އާންމުކުރީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެވެ.

ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރުމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހޯމް މިނިސްޓްރީ އަށާއި ހެލްތު މިނިސްޓްރީއަށް ރައީސް ވަނީ އަންގަވައިފަ އެވެ.

އެ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. އެ ކޮމިޝަންގެ ރައީސަކަށް ހުންނެވީ މުނައްވަރެވެ.

ޔުމްނުރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

4 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

2 ދުވަސް ކުރިން - 15:59

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03