Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިއްސާކުރަން ކޮމިޝަންގެ ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފި

ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ހިއްސާކުރަން ކޮމިޝަންގެ ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފި

އަހްމަދު އީޒާން
489 ދުވަސް ކުރިން - 8 މެއި 2025 16:56
ޔުމްނު ވެއްޓުނު މައްސަލަ ބަލަން އުފެއްދި ކޮމިޝަންގެ ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޔުމްނު ވެއްޓުނު މައްސަލަ ބަލަން އުފެއްދި ކޮމިޝަންގެ ބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެ ހާދިސާއާ ގުޅޭ ގޮތުން، އެއްވެސް މަޢުލޫމާތެއް, ފޮޓޯ/ވީޑިއޯ ނުވަތަ އެ ނޫން ވެސް އެއްވެސް ލިޔުމެއް އޮތް ނަމަ ހިއްސާކުރަން ވަނީ އެދިފައި.

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ލިބިފައިވާ ނަމަ, އެ މައްސަލަ ބަލަން އުފައްދާފައިވާ ކޮމިޝަނާ އެ މައުލޫމާތު ހިއްސާކުރަން ހާއްސަ އޮންލައިން ޕޯޓަލް މިއަދު ތައާރަފުކޮށްފި އެވެ.

ރިޔާސީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގައި ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން، އެއްވެސް މަޢުލޫމާތެއް. ފޮޓޯ/ވީޑިއޯ ނުވަތަ އެ ނޫން ވެސް އެއްވެސް ލިޔުމެއް އެ ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ ނަމަ ނުވަތަ އެ ކޮމިޝަނުގެ މަސައްކަތާ ގުޅޭ ގޮތުން އެއްވެސް ސުވާލެއްކުރަން ބޭނުންވާ ނަމަ އެ ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށެވެ.

Advertisement

Advertisement 1

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ތިން މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ އެ މައްސަލައާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތައް ގިނަވުމުން, ދެފުށްފެންނަ ގޮތެއްގައި އެ މައްސަލައިގެ މިނިވަން, ރަނގަޅު ތަހުގީގެއް ހިންގުމަށެެވެ.

އެ ކޮމިޝަނުގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު، މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދު އަދި އާމިނަތު އީނާސެވެ.

އެ ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ފުރަތަމަ ނޫސްވެެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ޑރ. މުނައްވަރު ވިދާޅުވެފައި ވަނީ އަމާޒަކީ އިންސާފަށް ވާސިލްވުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޔުމްނު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05