Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔުމްނުގެ މައްސަލައިގައި ލިބޭ މަޢުލޫމާތުތައް ދަނީ ކަށަވަރުކުރަމުން: ޕޮލިސް

ޔުމްނުގެ މައްސަލައިގައި ލިބޭ މަޢުލޫމާތުތައް ދަނީ ކަށަވަރުކުރަމުން: ޕޮލިސް

އުސްތާޛް މުޙައްމަދު ޢަލީ
443 ދުވަސް ކުރިން - 9 މެއި 2025 16:47
ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ގެ ބަޔާން ނުނެގުނީ އޭނާގެ ޞިއްޙީ ޙާލަތުގެ ސަބަބުން. ފުލުހުންގެ ތަޙްޤީޤު ދަނީ ކުރިޔަށް.
ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ) ގެ ބަޔާން ނުނެގުނީ އޭނާގެ ޞިއްޙީ ޙާލަތުގެ ސަބަބުން. ފުލުހުންގެ ތަޙްޤީޤު ދަނީ ކުރިޔަށް.
ޚުލާސާ

މައްސަލައިގެ ތަހުގީގު މިހާރުވެސް ދަނީ ކުރިޔަށް. އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ދަނީ ކަށަވަރުކުރަމުން.

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު (21އ)ގެ މައްސަލައިގައި ތަހުގީގަށް އޭނާގެ ބަޔާން ވީހާވެސް އަވަހަށް ނަގަން ބޭނުންވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ. ފުލުހުން ބުނީ، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން މިހާތަނަށް އެކަން ވަނީ ނުކުރެވިއެވެ.

ފުލުހުންގެ ފަރާތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްކަމަށް ދެކިގެން، އެ ފުރުސަތު ހޯދުމަށް ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

"އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާހުރެ، ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ވަނީ ނުލިބި. އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އޭނާއާ ސުވާލުކުރަން ބޭނުންވޭ،" ޕޮލިސް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެ ކަމާ ގުޅިގެން ސުވާލުކުރަންޖެހޭ މީހުންނާ ސުވާލުކޮށް، އެ މީހުން ތަހުގީގަށްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ތަހުގީގު ޓީމުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވަނީ އެންމެ މީހެކެވެ. އަދި އިތުރު ބައެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. ފުލުހުން ބުނާގޮތުގައި މައްސަލައިގެ ތަހުގީގު ކުރިއަށްދަނީ ވަރަށް ފުޅާ ދާއިރާއެއްގައެވެ.

ފުލުހުން މި މައްސަލައިގައި އިތުރު މަޢުލޫމާތު ހާމަކުރާނީ ތަހުގީގަށް ބުރޫނާރާނެ ގޮތަކަށް ކަމަށް ބުނެފައިވެއެވެ. އަދި މައްސަލައާ ގުޅޭ އެންމެހައި ކަންކަން ބަލަމުންދާ ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޔުމްނު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

3 ދުވަސް ކުރިން - 09:28

1.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރޫނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

8 ދުވަސް ކުރިން - 18:42

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

9 ދުވަސް ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

11 ދުވަސް ކުރިން - 00:36