ޔުމްނު ހޭ އަރައިފި: ޢާއިލާ

އައިޝަތު އީމާން | 102 ދުވަސް ކުރިން - 4 މޭ 2025 19:53
ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވައިގޮޅި.
ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވައިގޮޅި.
ޚުލާސާ

ޔުމްނުގެ ހާލަތު މިހާރު ވަނީ "ސްޓޭބަލް".

މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު (ޔުމްނު) ހޭ އަރާފައިވާކަމަށް ޔުމްނުގެ ޢާއިލާއިން މިރޭ ހާމަކޮށްފިއެވެ.

ޔުމްނުގެ ޢާއިލާއިން ބުނެފައިވާ ގޮތުގައި ޔުމްނުގެ ހާލަތު މިހާރު ވަނީ "ސްޓޭބަލް" ވެފައެވެ. ނަމަވެސް އޭނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި ހޭ އެރިނަމަވެސް "ފުން ޝޮކެއް"ގައި ކަމަށް ޢާއިލާއިން ފާހަގަކޮށްފައިވެއެވެ.

ޢާއިލާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކާންދިނުމަށް ބޭނުންކުރި "ފީޑިންގ ޓިއުބް" މިހާރު ވަނީ ނަގާފައެވެ. އަދި މި ހަފްތާގެ ބުރާސްފަތި ދުވަހު ޔުމްނުއަށް އިތުރު އޮޕަރޭޝަނެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޢާއިލާއިން ބުނެފައިވެއެވެ.

ފުލުހުން ދީފައިވާ މަޢުލޫމާތަށް ބަލާއިރު، ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު 04:50 ހާއިރުގައެވެ. އޭނާ ފެނުނީ ހ. މިޓާޒް ގޭގެ ފުރާޅު މަތީގައި އޮއްވާ އެ ދުވަހުގެ ހެނދުނު 07:23 ހާއިރުގައެވެ. ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއާއި ޓެރަސްއާއި ދެމެދުގައިވާ ވައިގޮޅިންނެވެ.

މާލޭގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް ޔުމްނު މެލޭޝިޔާއަށް ގެންދިޔައީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ޔުމްނުގެ ހާލަތު ރަނގަޅުވަމުން އަންނަކަމަށް ޢާއިލާއިން ހާމަކޮށްފައިވާއިރު، އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

5 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ާަަަަ އއއ

101 ދުވަސް ކުރިން - 17:17

އޭނާގެންދިޔައިރުވެސް އޮތީ ހޭއަރާފަ.ލޮލުގެ ކަޅި ދެކޮޅުދެކޮޅށް ހޫރާ ޢޭރުވެސް.