ކޮމިޝަނުގެ މެމްބަރުންނަށް ދެއްވަނީ 5000 އާއި 15000 ރުފިޔާއާ ދެމެދުގެ އެލެވެންސެއް

އައިޝަތު އީމާން | 4 ގަޑިއިރު ކުރިން - 4 މޭ 2025 09:36
ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުގެ މެންބަރުން މީޑިއާއަށް މަޢުލޫމާތު ދެއްވަނީ.
ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުގެ މެންބަރުން މީޑިއާއަށް މަޢުލޫމާތު ދެއްވަނީ.
ޚުލާސާ

މަސައްކަތާ އަޅާބަލާއިރު އެލަވަންސް މަދު ކަމުގައި ވިޔަސް، އެއްވެސް ޝަކުވާއެއް ކުރުމެއްނެތި އެބޭފުޅުން މަސްއޫލިއްޔަތާއި ޙަވާލުވީ ޤައުމީ ކަމެއްގެ ގޮތުގަ.

ޙައްވާ ޔުމްނު ރަޝީދު އުސް އިމާރާތަކުން ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުގެ މެންބަރުންނަށް ސަރުކާރުން ދެނީ ކުޑަ އެލަވަންސެކެވެ.


ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ކޮމިޝަނުގެ ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ މިހާރުވެސް ވަޒީފާއެއްގައި ތިބި ބޭފުޅުން ކަމަށާއި، އެ ދެ ބޭފުޅުންނަށް އިތުރަށް ލިބިވަޑައިގަންނަވާނީ އެންމެ 5,000 ރުފިޔާ ކަމަށެވެ.

ބާކީ ތިން މެންބަރުންނަކީ މިވަގުތު ވަޒީފާއެއްގައި ނޫޅުއްވާ ބޭފުޅުން ކަމަށްވާތީ، އެ ބޭފުޅުންނަށް 15,000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މި އަދަދުތަކަކީ ކޮމިޝަނުގެ މުހިންމުކަމަށް ބަލާއިރު ކުޑަ އަދަދުތަކެއް ކަން ފާހަގަކުރެވެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮމިޝަނުގެ މަސައްކަތަށް ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި ރާއްޖެއިން ބޭރުގެ މާހިރުން ގެނައުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވާނެ ކަމަށެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ސަރުކާރުން މި ކޮމިޝަނަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ މި މައްސަލައިގެ މުހިންމުކަމަށް ބަލާއިރު އެކަށީގެންވާ ވަރަށްވުރެ މާ ކުޑަ އަދަދުތަކެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ޚަރަދު ކުޑަ ކުރާށެވެ. ކޮމިޝަނަށް ހޮވާފައިވާ މެންބަރުން ވެސް އެބޭފުޅުންނަށް ކަނޑައަޅާފައިވާ އެލަވަންސް އާއި މެދު އެއްވެސް ޝަކުވާއެއް ކުރުމެއްނެތި މަސްއޫލިއްޔަތާއި ޙަވާލުވީ ޤައުމީ ކަމެއްގެ ގޮތުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%