އިސްރާއީލްގެ ސިފައިން މަރުވާން ފެށީމާ “އދ” ނިދިންހޭލައި ހަނގުރާމަ ހުއްޓުވައިލީ ޔަހޫދީންނަށް ސީރިއާގެ ބިމުން މާލެ ވަރުގެ 200 މާލެ ލިބުމުން. އެއީ ގޯލާންގެ އުސް ބިންތައް.
407 ދުވަސް ކުރިން - 21:13
ދިމިޝްޤު ކައިރިޔަށް އިސްރާއީލުން ދިން ޑްރޯން ހަމަލާތަކުގައި ސީރިއާގެ ހަ ސިފައިން މަރުވެއްޖެ.
407 ދުވަސް ކުރިން - 09:27
ސީރިއާ އިން އެއްވެސް ފައިސާއެއް ނުހޯދައި ދުވާލަކު ހަމިލިއަން ކިއުބިކް މީޓަރުގެ ގޭސް އަޒަރުބައިޖާނުން ސީރިއާއަށް ސަޕްލައި ކުރުމުގެ މަސައްކަތް ތުރުކީވިލާތުން މިއަދު ފަށައިފި.
432 ދުވަސް ކުރިން - 20:11
ތުރުކީ އާއި އުރުދުން އަދި އެމެރިކާ ގުޅިގެން މަޝްވަރާތައް ކުރުމަށްފަހު ސީރިއާގެ ދެކުނުގައި މިހާރު ހިނގަމުންދާ ޙަމަލާ ބަދަލުކުރުންތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް އައިސްފި.
446 ދުވަސް ކުރިން - 14:39
ޣައްޒާ ޤަތުލުޢާންމުގައި ބައިވެރިވި ޔަހޫދީ ހަނގުރާމަވެރިން ސީރިއާއަށް ވަދެ ޖޯޑަންގެ ބޯޑަރުކަރީގައި ޑްރޫޒީންނާއި ގުޅިގެންހިންގާ ޖަރީމާތަކުގައި މަރުވި މީހުންގެ ޢަދަދު 500 އަށް ވުރެ މައްޗަށް އަރައިފި.
448 ދުވަސް ކުރިން - 02:26
ސީރިއާއިން އިސްރާއީލަށް އިންޒާރުދިންއިރު، އިސްރާއީލުން ސީރިއާ އަށް ބޮން އެޅީ ސީރިއާގައި ދިރިއުޅޭ ޔަހޫދީންނާއި ގުޅިފައިވާ ފަރާތްތައް ޙިމާޔަތް ކުރުމަށް ރައީސް ޝަރާޢަށް އިންޒާރު ދިނުމުގެ ގޮތުން.
448 ދުވަސް ކުރިން - 14:28
ސީރިއާގެ ދިމިޝްގުގައި ހުންނަ އަސްކަރީ މައި މަރުކަޒަށް އިސްރާއީލުން ބޮން އަޅައިފި. އެކަކު މަރުވިއިރު 20 އަށްވުރެ ގިނަ މީހުން ޒަހަމްވި.
449 ދުވަސް ކުރިން - 21:26
އިޒްރޭލުން ސީރިއާއަށް ދިން ހަމަލާތަކުގައި އެމެރިކާ ބައިވެރިއެއް ނުވާ ކަމަށް ޕެންޓަގަން އިން ބުނެފި. ހަމަލާތައް ދިނުން މިހާރު ވަނީ ހުއްޓާލާފަ.
450 ދުވަސް ކުރިން - 00:06
ސޫރިއާގެ ދްރޫޒީންނާއި ބަދަވީންގެ ހަމަނުޖެހުންތަކުގެ ތެރެއަށް ޔަހޫދީން ވަދެ 18 ސިފައިން ޝަހީދުކޮށްލައިފި.
450 ދުވަސް ކުރިން - 13:44
ސީރިޔާގެ ވެރިކަމުގައި މިހާރު ތިއްބެވި ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ އެޗްޓީއެސް އަކީ ޓެރަރިސްޓް ޖަމައަތެއް ނޫން ކަމަށް އެމެރިކައިން ނިންމައިފި. ސަބަބަކީ އިޒްރޭލާއި ހުޅަނގުގެ ރުހުން ހޯދުން.
457 ދުވަސް ކުރިން - 10:23
އީރާނާއި ހަނގުރާމަކުރުމަށަށް ސޫރިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުމަށް އިސްރާއީލަށް ހުއްދަދީ، ސޫރިއާ އިން ޔަހޫދީންނަށް ތެޔޮ ފޯރުކޮށްދޭން ފަށައިފި.
477 ދުވަސް ކުރިން - 20:55
ސައުދީ އަރަބިއްޔާ އާއި ޤަތަރުން ވަނީ ސީރިއާއިން ވޯލްޑް ބޭންކަށް ދައްކަންޖެހޭ 15 މިލިއަން ޑޮލަރުގެ ދަރަނި ވެސް ދައްކައިދީފަ.
494 ދުވަސް ކުރިން - 13:21