ދިމިޝްގުގެ ދެކުނަށް އިސްރާއީލުން ދިން ޑްރޯން ޙަމަލާތަކުގައި ސީރިއާ ސިފައިންގެ 6 އޮފިސަރަކު މަރުވެފައިވާ ކަމަށް ސީރިއާގެ ދައުލަތުގެ ޓީވީން ބުނެފިއެވެ.
ޒައެނިސްޓު އިސްރާއީލުގެ މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ އަލް ކިސްވާ ސިޓީ ކައިރީގައި ހުންނަ ސީރިއާގެ އަސްކަރީ މަޤާމުތަކަށެވެ.
ޚަބަރުތައް ބުނާ ގޮތުގައި ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށް ފަހު އިސްރާއީލުން ވަނީ މުޅި ސީރިއާގެ އަސްކަރީ ތަންތަނަށް ދެމުން ދާ ޙަމަލާތައް ވަރުގަދަ ކޮށްފައެވެ.
މިއީ އިސްރާއީލުން އަޑީގައި އޮވެގެން ސުވައިދާގައި ހިންގި މަޒުހަބީ ހަމަނުޖެހުންތަކުގައި 1،400 މީހުން މަރުވިތާ ހަފްތާތަކެއް ފަހުން، އިސްރާއީލުން ޑްރޫޒް އާބާދީ ހިމާޔަތްކުރުމަށް ސީރިއާ އަށް އެރި ފަހުން ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.
މި ޙަމަލާ އާއި ގުޅިގެން ދެޤައުމަކުން ވެސް ވަކި އެއްޗެއް މިހާތަނަށް ބުނެފައި ނުވާއިރު، ސީރިއާގެ މިހާރުގެ ސަރުކާރުން އިސްރާއީލަށް މީގެ ކުރިން ނުސީދާ އިންޒާރެއް ދިން ކަމުގައި ވިޔަސް، އިސްރާއީލާއި ދެކޮޅަށް ސީރިއާގެ ސަރުކާރުން އަދި ފިޔަވަޅެއް ނާޅައެވެ.