ސީރިޔާގެ އަސްކަރީ މައި މަރުކަޒަށާއި ދިފާއީ ވުޒާރާ އާއި ޖެނެރަލް ސްޓާފްގެ މައި މަރުކަޒު ހިމެނޭ ގޮތަށް، ދިމިޝްގުގެ މެދުތެރެއަށް އިސްރާއީލުން ބޮން އަޅައިފި ކަމަށް ސީރިޔާގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ. މި ހަމަލާތަކުގައި އެކަކު މަރުވެ، 20 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށްވެއެވެ.
މި ހަމަލާދިން ތަންތަން ހުރީ ސީރިޔާގެ ވަގުތީ ސަރުކާރުގެ ސީދާ ބެލުމުގެ ދަށުގައެވެ. މި ސަރުކާރުގެ ވެރިއަކީ ރައީސް އަހްމަދު އަލް-ޝަރާޢެވެ. އޭނާއަކީ ކުރިން ހަޔާތު ތަޙްރީރު އަލް-ޝާމް (އެޗް.ޓީ.އެސް) ގެ އަބޫ މުޙައްމަދު އަލް-ޖައުލާނީގެ ނަމުން މަޝްހޫރުވެފައިވާ ބޭފުޅެކެވެ. މި އަހަރުގެ ކުރީކޮޅު ވެރިކަމަށް ވަޑައިގަތް ފަހުން، އަލް-ޝަރާޢަށް ވަނީ ދިމިޝްގުގައި ހުންނަ ސަލާމަތީ ކޮމާންޑް ވެސް ހިމެނޭ ގޮތަށް ގައުމީ މުއައްސަސާތައް ބެލެހެއްޓުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މި މައި މަރުކަޒުތަކުގައި ސީނިއާ އަސްކަރީ އޮފިޝަލުންނާއި، އަލަށް ގުޅިފައިވާ ފެކްޝަންތަކުގެ އިތުރުން ބޭރުގެ ފަރާތްތަކާއި ގުޅުން ހުރި ކޮމާންޑަރުން ވެސް މަސައްކަތް ކުރެއެވެ.
ރަޝިޔާގައި އުފެއްދި ދިފާއީ ނިޒާމްތައް ސީރިޔާގައި ހުރި ނަމަވެސް، އިސްރާއީލްގެ މިސައިލްތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރާ ކައިރީގެ ސަރަހައްދުތަކެއް ހިމެނޭ ގޮތަށް އެތައް ތަނަކަށް އަމާޒުވެފައެވެ.
އިސްރާއީލުން މި ހަމަލާދީފައި ވަނީ ސުވެއިދާގައި ދިރިއުޅޭ ޔަހޫދީ ޢާއިލާތަކާއި ދެކޮޅަށް ސީރިޔާ ސިފައިން ނުކުތުމުން އެކަމުގެ ރައްދު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
ސީރިއާ ސަރުކާރުން އިއްޔެ ވަނީ ބަދަވީންނާއި ސުވެއިދާގައި ދިރިއުޅޭ ޔަހޫދީ ދަރިކޮޅުގެ މީހުންނާއި ދެމެދު ޖެހުނު މައްސަލަތަކަށް ވަގުތީ ހައްލެއް ގެނެސް ތަޅާފޮޅުން ހުއްޓުވައިލި ކަމަށް އިޢުލާން ވެސް ކޮށްފައެވެ.
އިސްރާއީލުން ސީރިއާއަށް ހަމަލާ މި ޙަމަލާ ދިނަސް، ހައްދުފަހަނައެޅި އިސްރާއީލު ސަރުކާރުން ރަސްމީކޮށް މި ހަމަލާގެ ޒިންމާ އަދި ނަގާފައެއް ނުވެއެވެ.