Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސީރިއާ އާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް

ސީރިއާ އާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް

ހުސައިން އިސްމާއިލް
371 ދުވަސް ކުރިން - 19 ޖުލައި 2025 14:39
ސީރިއާގެ ދެކުނުގެ ސުވެއިދާގައި ބަދަވީންގެ ހަތިޔާރު އެޅި ބަޔަކު ސައިކަލްތަކުގައި. އެމީހުން ބޭނުންވަނީ އެސަރަޙައްދުގައި ދުރޫޒީންގެ ބާރު ކަނޑުވާލަން / ފޮޓޯ: ރޮއިޓާސް
ސީރިއާގެ ދެކުނުގެ ސުވެއިދާގައި ބަދަވީންގެ ހަތިޔާރު އެޅި ބަޔަކު ސައިކަލްތަކުގައި. އެމީހުން ބޭނުންވަނީ އެސަރަޙައްދުގައި ދުރޫޒީންގެ ބާރު ކަނޑުވާލަން / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ތުރުކީ އާއި އުރުދުން އަދި އެމެރިކާ ގުޅިގެން މަޝްވަރާތައް ކުރުމަށްފަހު ސީރިއާގެ ދެކުނުގައި މިހާރު ހިނގަމުންދާ ޙަމަލާ ބަދަލުކުރުންތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް އައިސްފި.

ސީރިއާގައި ޙަރަކާތެރިވާ ޔަހޫދީންނާއި އަދި އެމީހުންގެ ގާތް ގުޅުން އޮންނަ ދުރޫޒީން އެއްވެ މުސްލިމު ބަދަވީންނާއި ދެކޮޅަށް ދެމުންދާ ޙަމަލާތައް ހުއްޓަިލުމަށް އެއްބަސް ވެއްޖެއެވެ. މަޝްވަރާ ތަކަށްފަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލިއިރު ސީރިއާގެ ދެކުނުގައި ހިނގާ ލޭއޮހޮރުވުންތަކުގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ އަދި ޒަޚަމް ވެފައިވާ ކަމަށް ސީރިއަން ނެޓްވޯކް ފޯ ހިއުމަން ރައިޓްސް އިން ކަށަވަރުކޮށްދެއެވެ.

މި ހަނގުރާމަ ފެށުނީ ދުރީޒީންނާއި މުސްލިމު ބަދަވީ ޤަބީލާ ތަކާއި ދެމެދު ހިނގަމުންދިޔަ ހަމަނުޖެހުން ކޮންޓުރޯލް ކުރުމަށް ސީރިއާ ސަރުކާރުން ސްވެއިދާއަށް ސިފައިން ފޮނުވުމުންނެވެ. އެއާއިއެކު އިސްރާއީލު ސަރުކާރުން ދުރޫޒީންނަށް އެހީ ފޯރުކޮށްދިން ކަމަށް ވެއެވެ. އަދި ހަމަނުޖެހުން ބޮޑުވެ އިސްރާއީލުގެ ސިފައިންގެތެރެއިން ބަޔަކު ހަތިޔާރާއި ވެހިކަލްތަކުގައި ސުވެއިދާއަށް ވަނެވެ. މީގެ އިތުރުން އޭގެ ގަޑިއިރުތަކެއްގެ ކުރިން އިސްރާއީލުން ސީރިއާގެ އަސްކަރީ ހެޑްކުއާޓަރުގެ މައި ގޭޓަށް އަމާޒުކޮށް ވައިގެ މަގުން ބޮން ވެސް އެޅިއެވެ.

Advertisement

Advertisement 1

މުޙައްލިލުން ބުނާ ގޮތުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ސީރިއާގެ ނާޒުކު ތަންތަނަށް ބޮން އެޅީ ދުރޫޒީންނަށް ޙިމާޔަތް ދިނުމަށް ސީރިއާގެ ސަރުކާރަށް އިންޒާރު ދިނުމުގެ ގޮތުންނެވެ. އަދި އިސްރާއީލުން ހިފާފައިވާ ގޯލާނުގައި ދިރިއުޅޭ އަދި އިސްރާއީލުގެ ސިފައިންގެ ތެރޭގައި ތިބި ދުރޫޒީންގެ އާބާދީ ހިމާޔަތް ކުރުމަށްޓަކައެވެ.

ތުރުކީއާއި އުރުދުން އަދި އެމެރިކާގެ ސަފީރު ތޯމަސް ބަރަކް އާއި މަޝްވަރާކޮށްގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ކުރިއަށް ގެންދިޔަ ނަމަވެސް، އަދިވެސް ނައެއް ސަރަޙައްދުތަކުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތައް ކުރިއަށް އެބަދެއެވެ. އިއްޔެ އެ ސަރަޙައްދުން ސީރިއާގެ ސިފައިން މުޅިން ފައިބައިގެން ދިޔަ ނަމަވެސް ދުރޫޒީންނަށް އެ ސަރަޙައްދުގެ ފުރިހަމަ ބާރާއި މިނިވަންކަން ދިނުމަށަ ބަދަވީ މިލިޝިއާތަކުން ދެކޮޅު ހަދައެވެ.

ސީރިއާގެ އިންޓީރިއާ މިނިސްޓްރީން މިހާރު ހަމަޖެހުން ޤާއިމް ކުރުމަށް ޚާއްޞަ ޔުނިޓެއް ޤާއިމްކޮށްފައިވާއިރު، އެ ސަރަހައްދުގައި ތިބި 80،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ސީރިއާމެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

17 ގަޑިއިރު ކުރިން - 20:07

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

15 ދުވަސް ކުރިން - 11:26

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

22 ދުވަސް ކުރިން - 11:15

ތިންފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

27 ދުވަސް ކުރިން - 07:05

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

31 ދުވަސް ކުރިން - 22:23