Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސީރިއާ ސަރުކާރާއި ރައީސް އަސަދު ޙަވާލުކުރުމަށް ޕޫޓިންގެ އަރިހުގައި ދަންނަވަން ރައީސް ޖޯލާނީ ރަޝިއާއަށް ވަޑައިގެންފި

ސީރިއާ ސަރުކާރާއި ރައީސް އަސަދު ޙަވާލުކުރުމަށް ޕޫޓިންގެ އަރިހުގައި ދަންނަވަން ރައީސް ޖޯލާނީ ރަޝިއާއަށް ވަޑައިގެންފި

ޢަބްދުﷲ ޖުނައިދު
334 ދުވަސް ކުރިން - 15 އޮކްޓޫބަރު 2025 15:19
ކުއްލި ޚަބަރު: ސީރިއާ ސަރުކާރާއި އަސަދު ޙަވާލުކުރުމަށް އެދި ރައީސް ޖޯލާނީ ރަޝިއާއަށް ވަޑައިގެންފި
ކުއްލި ޚަބަރު: ސީރިއާ ސަރުކާރާއި އަސަދު ޙަވާލުކުރުމަށް އެދި ރައީސް ޖޯލާނީ ރަޝިއާއަށް ވަޑައިގެންފި
ޚުލާސާ

ރައީސް ބައްޝާރުލް އަސަދުގެ މައްޗަށް ޝަރީޢަތް ހިންގެވުމަށް ސީރިއާ ސަރުކާރާއި ޙަވާލުކުރުމަށް ޕޫޓިންގެ އަރިހުގައި ދަންނަވަން ސީރިއާގެ މިހާރުގެ ރައީސް ރަޝިއާއަށް ވަޑައިގެންފި.

ރަޝިއާގެ ޙިމާޔަތް ހޯއްދަވައިގެން އުޅުއްވާ ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ޝަރީއަތް ސީރިއާގައި ހިންގެވުމަށްޓަކައި އޭނާ ސީރިއާ ސަރުކާރާއި ޙަވާލުކުރުމަށް ރަޝިއާގެ ރައީސް ވްލަޑީމީރްބޕޫޓިންގެ އަރިހުގައި ދެންނެވުމަށް ސީރިއާގެ ރައީސް އަޙްމަދު އަލް ޝަރާ (އަބޫ މުޙައްމަދު އަލް ޖޯލާނީ) މޮސްކޯއަށް ވަޑައިގެންފިއެވެ.

މިއީ އަސަދު ވެރިކަމުން ދުރުކުރި ފަހުން ޖޯލާނީ ރަޝިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ސީރިއާގެ ސަރުކާރުން ބުނާ ގޮތުގައި އެ ޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ރައީސް އަސަދު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވައި، ސީރިއާގެ މިހާރުގެ ސަރުކާރަށް ބައިނަލްއަޤްވާމީ އިތުބާރު ހޯދުމަކީ ރައީސް ޖޯލާނީ (ބޭރުގެ ފަރާތްތަކާއެކު) ވެފައިވާ އެއްބަސްވުމެކެވެ. ބެލެވޭ ގޮތުގައި އެއީ އަސަދުގެ ދުޝްމަން ހުޅަނގުގެ ޤައުމުތަކާއެވެ.

Advertisement

Advertisement 1

ހުސްވި އަހަރުގެ ޑިސެމްބަރު މަހު ދިމިޝްޤަށް އަރައި ރިޔާސަތާއި ހަވާލުވެވަޑައިގެންނެވި ޖޯލާނީ އަކީ ސަރަޙައްދީ ޤައުމުތަކާއި އަޑިއަޑިން ޑީލްތައް ހަދައި އަދި ޚާއްޞަކޮށް ހުޅަނގާއި އެމެރިކާ އިސްވެ އޮވެ އެފަރާތްތަކަށް އެނގިގެން ދިމިޝްޤަށް އަރައި ވެރިކަން ނިގުޅައިގަތް (ޓެރަރިސްޓް) ލީޑަރެއް ކަމަށް އެއްބަޔަކު ތުހުމަތު ކުރެއެވެ.

ސީރިއާގެ ޚަބަރުތައް ބުނާ ގޮތުގައި ޖޯލާނީގެ އަމާޒަކީ ރަޝިއާ އާއި އެކު އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ގުޅުން ބަދަހިކުރުމެވެ. މި މަޝްވަރާތަކުގައި ސީރިއާގައި ހުރި ރަޝިޔާގެ އަސްކަރީ ތަންތަނުގެ މުސްތަޤުބަލާއި ބެހޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށްދާނެ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.

އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން އޮތީ ބައްޝާރުލް އަސަދުގެ ވެރިކަމުގައި ސީރިއާ އަށް ވަރަށް ބޮޑަށް ދަތިކޮށްފައެވެ. ނަމަވެސް އަސަދުގެ ވެރިކަން ވެއްޓުމާއި އެކު، ސީރިއާގެ ސިޔާސީ މަސްރަޙަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޙަޔާތު ތަހުރީރުލް ޝާމްގެ ކުރީގެ ލީޑަރު ޖޯލާނީ ސީރިއާގެ ރިޔާސަތަށް އައުމުން އެމެރިކާއިން ވަނީ ސީރިއާ އަށް އަޅަފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ޓެރަރިސްޓް ލިސްޓުން ވެސް އެ ސަރުކާރު އުނިކޮށްފައެވެ.

ސީރިއާރަޝިއާކުއްލި ޚަބަރު
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަލީބެ

333 ދުވަސް ކުރިން - 09:54

ޓެރަރިސްޓުންގެ ގޮތުގާ ކަނޑައަޅާފައޮތް ގުރޫޕް ވެރިކަމަށް އައުމުން ސީރިޔާއަށް އަޅާފައޮތް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އުވާލީ އެމެރިކާއިން. ބަޔަކު ފަޟީހަތްވާނީ އަމާނާތްތެރިކަމެއް ހުރި ދުނިޔެއެއްނަމަ.

ގުޅޭ ޚަބަރުތައް

ޑޮލަރު ބްލެކްމާކެޓް ހުއްޓުވުމުގައި ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރާނެ: އެޓަނީޖެނެރަލް

ޑޮލަރު ބްލެކްމާކެޓް ހުއްޓުވުމުގައި ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތްކުރާނެ: އެޓަނީޖެނެރަލް

13 ގަޑިއިރު ކުރިން - 13:10

ނޭޓޯ ބޯޑަރު ބުޑަށް ރަޝިޔާއިން ހަމަލާ ދީފި

ނޭޓޯ ބޯޑަރު ބުޑަށް ރަޝިޔާއިން ހަމަލާ ދީފި

20 ގަޑިއިރު ކުރިން - 05:58

ޙޫޘީންގެ 1000 އަށްވުރެ ގިނަ މީހުން މަރާލައިފި

ޙޫޘީންގެ 1000 އަށްވުރެ ގިނަ މީހުން މަރާލައިފި

21 ގަޑިއިރު ކުރިން - 05:00

ވަގުތު ދިނުމަށްފަހު، 8 އަހަރުވާއިރު ޑިވެލޮޕްމެންޓެއް ނާންނަ ރަށްތަކުގެ އެގްރީމެންޓް ބާތިލްކުރަނީ!

ވަގުތު ދިނުމަށްފަހު، 8 އަހަރުވާއިރު ޑިވެލޮޕްމެންޓެއް ނާންނަ ރަށްތަކުގެ އެގްރީމެންޓް ބާތިލްކުރަނީ!

4 ދުވަސް ކުރިން - 14:18

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

5 ދުވަސް ކުރިން - 13:34

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ ބުރިޖެއް ހުޅުވައިފި

6 ދުވަސް ކުރިން - 13:24