
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއިން. މި ސިލްސިލާގެ ތެރެއިން ހޮވޭ ކޮންމެ ބައިވެރިއަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއާ އެކަނި ބައްދަލުކޮށް، ދާއިރާގެ ކަންބޮޑުވުންތަކާއި އަމިއްލަ މައްސަލަތައް ހިއްސާކުރެވޭނެ.
2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފަ.
3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކުން ރާއްޖެ އަށް ކަނޑައެޅުއްވި ނަން-ރެސިޑެންޓް ސަފީރު ވަނީ ތިމާވެށްޓާއި ބްލޫ އިކޮނޮމީގެ ދާއިރާއިން މަޝްވަރާކުރައްވައި، ދެ ޤައުމަކީވެސް ތަރައްޤީވަމުން އަންނަ ސިޑްސްގައި ހިމެނޭ 2 ޤައުމު ކަމުގައި ވުމާއެކު، ދެ ޤައުމުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކޮށް މަޝްވަރާ ކުރައްވާފަ.
3 ދުވަސް ކުރިން - 15:22

ކިއުބާ އިން ރާއްޖެ އަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ހަރ އެކްސެލެންސީ ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި.
3 ދުވަސް ކުރިން - 15:12

ޤަޠަރުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފި. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މަޝްވަރާ ކުރެއްވި.
3 ދުވަސް ކުރިން - 15:04

އަލްއުސްތާޛު އަމްޖަދު މުސްތަފާއަކީ ތައުލީމީ ގޮތުން ޝަރީއާއިން ލޯ އިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައިވާ ބޭފުޅެއް. މީގެ ކުރިންވެސް އަމްޖަދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައިވާއިރު، އެންމެ ފަހުން ހުންނެވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި.
4 ދުވަސް ކުރިން - 13:44

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ޙަސަން ޒަރީރު އިސްތިއުފާ ދެއްވުމާ ގުޅިގެން. މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އަމީޒާއަށް %92.44 މާކްސް ލިބިވަޑައިގެންފައިވާއިރު، އޭނާއަކީ އެ މަޤާމަށް ޝަރުތުހަމަވާ ގާބިލު ބޭކަނބަލެއް ކަމަށް މަޖިލީހުގެ ހުރިހާ މެންބަރުން ވަނީ އިއްތިފާގުވެފަ.
6 ދުވަސް ކުރިން - 12:41

މި ކުންފުނި އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާކޮށް، އޭގެ މަންފާ މުޅި އަތޮޅުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުންކަމަށް ރައީސް އޮފީހުން ހާމަކުރި.
9 ދުވަސް ކުރިން - 19:57

މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި، މި ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، އަދި ހަނދާނީ ލިޔުމެއް.
10 ދުވަސް ކުރިން - 14:33

މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކު ކުރެވޭނެ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން، ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމަކީވެސް މި އޮފީހުގެ މުހިންމު ޒިންމާއެއްކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައި.
13 ދުވަސް ކުރިން - 18:50

ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށް. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް (http://apply.presidency.gov.mv) މެދުވެރިކޮށް. ކަނޑައެޅިފައިވާ ޝަރުތުތަކާއި ގަވާއިދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިޓީން ވަނީ އެދިވަޑައިގެންފައި.
15 ދުވަސް ކުރިން - 17:02

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިފްކޯ ހަރުދަނާކޮށް، މަސްގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމަށާއި ބޭރުގެ ބާޒާރުތަކުން ރަނގަޅު ފުރުސަތުތައް ހޯދަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި. އަދި ވިދާޅުވީ އެސްއޯއީތަކުގެ އިސްލާހީ ބަދަލުތަކާއެކު މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބި، މާލޭގައި ޒަމާނީ މަސް މާރުކޭޓެއް ތަރައްގީކުރައްވާނެކަމަށް.
36 ދުވަސް ކުރިން - 16:24

ކެބިނެޓުގެ ހުއްދައާއެކު ހިންގާ މި މަޝްރޫއުތަކުގައި، އިޖުތިމާޢީ ޒިންމާގެ ދަށުން 50,000 ޑޮލަރު ދައްކަންޖެހޭނެ. އަދި އެއްބަސްވުންތަކުގެ ތަފްސީލު 14 ދުވަސް ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހޭ. މީގެ މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ދައުލަތުގެ ބައިވެރިވުން އިތުރުކޮށް، ރަށްރަށުގެ ތަރައްގީއަށް އެހީތެރިވުން.
36 ދުވަސް ކުރިން - 14:48