Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 14 އޯގަސްޓް 2026 15:37
"ދަ ޕަލްސް" ޕްރޮގްރާމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
"ދަ ޕަލްސް" ޕްރޮގްރާމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން މި މަޝްރޫއު ނިންމަން ދިން ތާރީހުތަކަށް މަސައްކަތް ނުނިމުނު ނަމަވެސް، މިހާރު އިންޑިއާގެ އެހީގައި ބާރު ދުވެލީގައި މަސައްކަތް ކުރިއަށްދާ ކަމަށް. މާލެ އާއި ވިލިމާލެ ގާތްގަނޑަކަށް ގުޅާލެވިފައިވާއިރު، ތިލަފުށްޓާ ހަމައަށް ބްރިޖް ނިންމުމަށް ސަރުކާރުން ދަނީ ބޮޑު ސަމާލުކަމެއް ދެމުން.

ތިލަމާލެ ބްރިޖް މަޝްރޫއަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެކޭ ބުނެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތިލަމާލެ ބްރިޖު ޕްރޮޖެކްޓަކީ ނިމިދިޔަ ސަރުކާރުގައި ފެށި މަޝްރޫއެއް ނަމަވެސް، ކަނޑައެޅިފައިވާ ތާރީހުތަކަށް އެ މަސައްކަތް ނިންމިފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރު ހަވާލުވީއިރު، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަށީގެންވާ ބޮޑު މަސައްކަތެއް ކުރެވިފައި ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މާލެ އާއި ވިލިމާލެއާ ދޭތެރޭ ގާތްގަނޑަކަށް އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނެތެވެ. އެހެންކަމުން، މި ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މި ސަރުކާރުން ފަށަން ޖެހުނީ "ސުމަކުން" ކަމަށް ރައީސް ސިފަކުރެއްވިއެވެ. މިހާރު މި މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މި މަޝްރޫއު ނިންމައި ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުން ކަމަށެވެ.

މަޝްރޫއުގެ މިހާރުގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ އާއި ވިލިމާލެއާ ދޭތެރޭގެ ބައި މިހާރު ގާތްގަނޑަކަށް އެއްކޮށް ގުޅުވާލެވިފައިވާ ކަމަށެވެ. އަދި ވިލިމާލެ އާއި ގުޅީފަޅާ ދޭތެރޭ ގުޅުވަންޖެހޭ ބައިގެ ބޮޑު ބައެއް ނިމިފައިވާއިރު، ގުޅީފަޅާއި ތިލަފުށްޓާ ދޭތެރޭގެ މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުގެ ދުވެއްޔާ އަޅާބަލާއިރު، މި ސަރުކާރުގެ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާތީ، މާ ލަސްތަކެއް ނުވެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް"ދަ ޕަލްސް" ޕޮޑްކާސްޓްތިލަމާލެ ބްރިޖު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

2027 އަކީ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ނިންމާނެ އަހަރަށް ވެގެންދާނެ: ރައީސް

"2027 އަކީ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ނިންމާނެ އަހަރަށް ވެގެންދާނެ"

7 ގަޑިއިރު ކުރިން - 15:08

ޤައުމަށް ލިބުނު ކޮންމެ އަނިޔާއެއްގެ ފަހަތުގައިވަނީ ޚިޔާނާތްތެރިން: ރައީސް

ޤައުމަށް ލިބުނު ކޮންމެ އަނިޔާއެއްގެ ފަހަތުގައިވަނީ ޚިޔާނާތްތެރިން: ރައީސް

11 ގަޑިއިރު ކުރިން - 10:57

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފި

12 ގަޑިއިރު ކުރިން - 10:08

ވީލްޗެއާގައި ހުރި މީހަކު މިސްކިތަށް ނުވެއްދި މައްސަލަ ރައީސްގެ ސަމާލުކަމަށް

ވީލްޗެއާގައި ހުރި މީހަކު މިސްކިތަށް ނުވެއްދި މައްސަލަ ރައީސްގެ ސަމާލުކަމަށް

18 ގަޑިއިރު ކުރިން - 03:33

މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

2 ދުވަސް ކުރިން - 14:05

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

2 ދުވަސް ކުރިން - 13:08