Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

2027 އަކީ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ނިންމާނެ އަހަރަށް ވެގެންދާނެ: ރައީސް

2027 އަކީ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ނިންމާނެ އަހަރަށް ވެގެންދާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
7 ގަޑިއިރު ކުރިން - 14 އޯގަސްޓް 2026 15:08
"ދަ ޕަލްސް"ގެ ޕްރޮގްރާމްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
"ދަ ޕަލްސް"ގެ ޕްރޮގްރާމްގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް، ޕްލޭނެއްގެ ދަށުން މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމަށް. މިގޮތުން 2026 ގައި ބައެއް މަސައްކަތް ނިމޭއިރު، 2027 ވެގެންދާނީ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ކަމަށް ރައީސް ވިދާޅުވި.

2027 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ތަރައްގީގެ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމްގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި ތަރައްގީގެ އެކި މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ބައެއް ރަށްރަށުގައި ދިމާވި އެކި މައްސަލަތަކާ ހުރެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ހުރިހާ މަސައްކަތްތަކެއްގެ ސްޕީޑު އަވަސްވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މަޝްރޫއުތައް މަޑުޖެހެން މެދުވެރިވި ސަބަބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އޭގެ މައިގަނޑު ސަބަބަކީ އިގްތިސާދީ ގޮތުން ދިމާވި ގޮންޖެހުންތައް ކަމަށެވެ. އެހެންނަމަވެސް، މިހާރު މަޝްރޫއުތައް ކުރިއަށް ގެންދާނެ ހާއްސަ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒުކުރަން ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ތަރައްގީގެ މަޝްރޫއުތައް ނިމޭނެ ތާވަލާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، މިއަހަރުގެ ތެރޭގައިވެސް ބައެއް މަޝްރޫއުތައް ނިމިގެންދާނެ ކަމަށެވެ. ނަމަވެސް، އެންމެ ގިނަ މަޝްރޫއުތައް ނިމި، ރައްޔިތުންނަށް އޭގެ މަންފާ ލިބިގެންދާނީ 2027 ވަނަ އަހަރު ކަމަށާއި، އަދި 2028 ވަނަ އަހަރުގެ ތެރޭގައިވެސް އިތުރު މަޝްރޫއުތަކެއް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސައްކަތްތައް ތަރުތީބުކޮށްފައިވާ ގޮތް ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އުމްރާނީ ތަރައްގީގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތްތަކަށް ވަކި ޝެޑިއުލްތަކެއް ހެދިފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ ބަދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކެވެ. މިފަދަ މަޝްރޫއުތަކަށް ގިނަ އަދަދަކަށް ބޮޑުހިލަ ބޭނުންވާތީ، މެޓީރިއަލް ސޯސިން ނުވަތަ ތަކެތި ހޯދާނެ ގޮތުގެ ހާއްސަ ތާވަލެއްގެ ދަށުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުލަވާލާފައިވާ ހަރުދަނާ ޕްލޭނެއްގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

6 ގަޑިއިރު ކުރިން - 15:37

ޤައުމަށް ލިބުނު ކޮންމެ އަނިޔާއެއްގެ ފަހަތުގައިވަނީ ޚިޔާނާތްތެރިން: ރައީސް

ޤައުމަށް ލިބުނު ކޮންމެ އަނިޔާއެއްގެ ފަހަތުގައިވަނީ ޚިޔާނާތްތެރިން: ރައީސް

11 ގަޑިއިރު ކުރިން - 10:57

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފި

ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގެންފި

12 ގަޑިއިރު ކުރިން - 10:08

ވީލްޗެއާގައި ހުރި މީހަކު މިސްކިތަށް ނުވެއްދި މައްސަލަ ރައީސްގެ ސަމާލުކަމަށް

ވީލްޗެއާގައި ހުރި މީހަކު މިސްކިތަށް ނުވެއްދި މައްސަލަ ރައީސްގެ ސަމާލުކަމަށް

18 ގަޑިއިރު ކުރިން - 03:33

މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

ޒުވާނުންނަށް މަތީ ތަޢުލީމާއި ވަޒީފާގެ އާ ފުރުޞަތުތަކެއް ފަހިކޮށްދެނީ

2 ދުވަސް ކުރިން - 14:05

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

އެމްޑީޕީން އުވާލަން އުޅުނު ޢަރަބިއްޔާ، މި ސަރުކާރުން މިއަހަރު ނިންމަނީ

2 ދުވަސް ކުރިން - 13:08