Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު ހުރި ބައެއް އުސޫލުތަކުގެ ސަބަބުން ކޯޓުތަކުގައި މައްސަލަތައް ދިގުލައިދިއުމުގެ ޝަކުވާ ޝަރުއީ ދާއިރާއިންނާއި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާތީ، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދޭންޖެހޭ.

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ރިސޯޓުތަކުން ލިބޭ ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އާމްދަނީ، ހިއްސާގެ ފައިދާގެ ގޮތުގައި އާންމު ރައްޔިތުންގެ އެކައުންޓުތަކަށް ސީދާ ޖަމާވަމުންދާނެ ނިޒާމެއް ގާއިމުކުރުން. މީގެ ސަބަބުން ކޮންމެ ދިވެހި ރައްޔިތަކީވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ހިއްސާދާރަކަށް ވެގެންދާނެ.

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

ސަރުކާރުން ނިންމާފައި ވަނީ މަހެއްގެ މައްޗަށް، 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު އޮންނަ ގޮތަށް، އާސަންދައިން ފުލް ކަވަރޭޖު ނުދިނުމަށެވެ. އަދި 60،000 ރުފިޔާއަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކަށް، ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެކަމުގައި ރައީސް ވިދާޅުވި.

1 ދުވަސް ކުރިން - 16:33

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

މި އެހީ އަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް.

4 ދުވަސް ކުރިން - 13:36

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޙަޤީޤަތްތަކާ ކުރިމަތިލާންޖެހޭ ކަމަށް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކުރިން ޤާނޫނުގައި އޮވެމެ ތަންފީޒު ނުކުރެވި ހުރި ކަންކަން ހަރުދަނާ އުޞޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށް.

13 ދުވަސް ކުރިން - 10:37

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

2030 ވަނަ އަހަރާ ހަމައަށް ހުރިހާ މާލީ މުއާމަލާތްތަކެއް ދިވެހި ފައިސާއަށް ބަދަލުކުރުމާއި، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓް ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ނިންމާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވި.

15 ދުވަސް ކުރިން - 14:18

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

މުނައްވަރު ވިދާޅުވީ، އިމްޕޯޓަށް ބޭނުންވާ ޑޮލަރުގެ ދަތިކަން ހައްލުވާނީ މި ބަދަލުން ކަމަށެވެ. އަދި ބާކީ ހުންނަ ފައިސާ މޮނިޓާކުރާނެ ކަމަށް ވިދާޅުވި. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކަޅުބާޒާރުގައި ދައުރުވާ 90 ޕަސެންޓް ޑޮލަރަކީ މިފަދަ ވިޔަފާރިތަކުން ނެރޭ ފައިސާ ކަމަށް.

16 ދުވަސް ކުރިން - 13:54

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އާޒިމާ ޝަކޫރު އައްޔަނުކުރައްވައިފި

ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް އާޒިމާ ޝަކޫރު އައްޔަނުކުރައްވައިފި

އާޒިމާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަނައިބުގެ އިތުރުން، ގާނޫނީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި އިޖުތިމާއީ އެކި ދާއިރާތަކުން ހައްގުތައް ހޯދައިދިނުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް.

16 ދުވަސް ކުރިން - 18:36

އިންސާނީ ހިދުމަތްތެރިންނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

އިންސާނީ ހިދުމަތްތެރިންނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް: ރައީސް

އިންސާނީ އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ އޮތީ ނުކުޅެދިފައި ކަމަށާ، އިންސާނިއްޔަތަށް ޓަކައި ނުރައްކަލަށް ހުށަހެޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތްކުރަމުންދާ އިންސާނީ ޚިދުމަތްތެރިންނާ އެކު ރާއްޖެއިން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށް ރައީސް ވިދާޅުވި.

20 ދުވަސް ކުރިން - 10:11

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސްވެސް ނުކުރެވޭ ގޮތް ހަދަނީ

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސްވެސް ނުކުރެވޭ ގޮތް ހަދަނީ

ވަޒީރުންގެ މަޖިލީހުން ބޭއްވެވި ޖަލްސާގައި ނިންމަވާފައިވަނީ، ބިދޭސީއެއްގެ ސިމްކާޑު ހަލާކުވެގެން ނުވަތަ ގެއްލިގެން އަލުން ރިޕްލޭސް ކުރަންޖެހޭ ޙާލަތްތަކުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެކަން ހުށަހަޅައި ޕޮލިސް ރިޕޯޓެއް ހޯދުމަށްފަހު މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭ ގޮތް ހެދުމަށް.

21 ދުވަސް ކުރިން - 09:29

ޖަލުން ފެންނަ ސިމްކާޑުތަކުގެ ވެރިފަރާތަށް ޤާނޫނީ ހަރުކަށި އަދަބު ދޭތޯ ކަށަވަރުކުރަނީ

ޖަލުން ފެންނަ ސިމްކާޑުތަކުގެ ވެރިފަރާތަށް ޤާނޫނީ ހަރުކަށި އަދަބު ދޭތޯ ކަށަވަރުކުރަނީ

ޖަލަށް ވައްދާނސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި. މިއީ ޖަލުތަކުގެ ތެރޭގައި ސިމްކާޑު ބޭނުންކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މުޢާމަލާތްތަކާއި އެހެނިހެން ކުށްތަކަށް ނިމުމެއް ގެނައުމަށްޓަކައި ސަރުކާރުން ފެށްޓެވި މުހިންމު މަސައްކަތެއް.

21 ދުވަސް ކުރިން - 09:09

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

ތިލަމާލެ ބްރިޖަކީ މި ސަރުކާރުން ގާތްގަނޑަކަށް ސުމަކުން ފެށި މަޝްރޫއެއް: ރައީސް

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން މި މަޝްރޫއު ނިންމަން ދިން ތާރީހުތަކަށް މަސައްކަތް ނުނިމުނު ނަމަވެސް، މިހާރު އިންޑިއާގެ އެހީގައި ބާރު ދުވެލީގައި މަސައްކަތް ކުރިއަށްދާ ކަމަށް. މާލެ އާއި ވިލިމާލެ ގާތްގަނޑަކަށް ގުޅާލެވިފައިވާއިރު، ތިލަފުށްޓާ ހަމައަށް ބްރިޖް ނިންމުމަށް ސަރުކާރުން ދަނީ ބޮޑު ސަމާލުކަމެއް ދެމުން.

25 ދުވަސް ކުރިން - 15:37

"2027 އަކީ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ނިންމާނެ އަހަރަށް ވެގެންދާނެ"

"2027 އަކީ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ނިންމާނެ އަހަރަށް ވެގެންދާނެ"

ރައީސް ވިދާޅުވީ އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް، ޕްލޭނެއްގެ ދަށުން މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމަށް. މިގޮތުން 2026 ގައި ބައެއް މަސައްކަތް ނިމޭއިރު، 2027 ވެގެންދާނީ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ކަމަށް ރައީސް ވިދާޅުވި.

25 ދުވަސް ކުރިން - 15:08

12345Next