ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގެ ދިދަ ނަންގަވައިދެއްވާފަ. މިތަނަކީ ކުށްކުރާ ކުޑަކުދިން ހެޔޮގޮތުގައި މުޖުތަމަޢަށް ރުޖޫއު ކުރުމަށް މަސައްކަތްކުރާ ތަނެއް.
615 ދުވަސް ކުރިން - 10:15
ޤައުމުގެ ހަމަޖެހުން ނަގާލައި، ތަރައްޤީއަށް ހުރަސްއެޅުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫން ކަމަށާއި، އެފަދަ ކަންކަމުގައި އެމަނިކުފާނު އެކްޝަން ނަންގަވާނެ ކަމަށް ވިދާޅުވި.
615 ދުވަސް ކުރިން - 08:57
މި މަޝްރޫޢުގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީ ތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިންގ ޚިދުމަތާއި، ކުރޫޒު ޓޫރިޒަމް ތަރައްޤީ ކުރުމާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއް ތަރައްޤީކުރުން ހިމެނޭ.
615 ދުވަސް ކުރިން - 00:54
ކުރިއަށް އޮތް އަހަރު ގިނަ ކަންކަން ރައްޔިތުންނަށް ފަހިވާނެކަމަށާއި، ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ކުދިންނަށް ފައިދާކުރާނެކަމަށް ރައީސް ވިދާޅުވި.
615 ދުވަސް ކުރިން - 22:45
މިނިސްޓަރ ވިދާޅުވީ މި އިމާރާތް ވެގެންދާނީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށްދެވޭ ޒަކާތު ފަންޑުގެ 10 ބުރީގެ ފުރަތަމަ އިންވެސްޓްމަންޓަށް ކަމަށް.
615 ދުވަސް ކުރިން - 19:33
މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ދީގެން އަދި އެންމެ އިނާމުތައް ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި.
616 ދުވަސް ކުރިން - 18:43
ފިޝަރީޒް މިނިސްޓްރީން ބުނީ މި ފިޝަރީޒް ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީ ހިމެނޭ ކަމަށް.
616 ދުވަސް ކުރިން - 17:19
ކުރީ ސަރުކާރުން ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫޢާއި، ސްކޫލުގެ ކްލާސްރޫމް އެޅުމުގެ މަސައްކަތް ހިމެނޭ ގޮތަށް މިއަހަރުގެ ތެރޭގައި އެކި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި.
616 ދުވަސް ކުރިން - 16:56
މާރަންދޫގައި ފުލުހުންގެ ޕޯސްޓެއް ހުޅުވާފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން.
616 ދުވަސް ކުރިން - 16:34
ރިޔާސީ އިންތިޚާބުގައި މާރަންދޫއަށް ވެވަޑައިގެންނެވި ވަޢުދުތައް ހަނދާން އެބަހުރި ކަމަށާއި، މިއަހަރު އެ ހުރިހާ ކަމަކަށް ޢަމަލީ ސިފަ ގެނައުމަކީ ރައީސްގެ އަމާޒުކަމަށް އެމަނިކުފާނު ވިދާޅުވި.
616 ދުވަސް ކުރިން - 16:24
ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް ސަރުކާރުން ވަރަށް ސީރިއަސްކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ ކަންކަމުގައި ޢަމަލީ ސިފަ ޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވި.
616 ދުވަސް ކުރިން - 16:17
ކަމާ ގުޅުންހުރި ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގަންނަވަނީ ސީރިއަސް މަސައްކަތްތަކެއް ކުރަން، ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުތަކަކީ ބޭކާރު ޚަރަދެއް ނޫން، މަޤްޞަދަކީ ރަށްރަށުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުން ކަމަށް ރައީސް ވިދާޅުވެއްޖެ.
616 ދުވަސް ކުރިން - 16:03