Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިއަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަށް ދައުލަތުން ޚަރަދުކުރަނީ

މިއަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަށް ދައުލަތުން ޚަރަދުކުރަނީ

އަައިޝަތު ޒީނާ
488 ދުވަސް ކުރިން - 29 ޖެނުއަރީ 2025 18:43
މިއަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަށް ދައުލަތުން ޚަރަދުކުރަނީ
ޚުލާސާ

މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ދީގެން އަދި އެންމެ އިނާމުތައް ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި.

މި އަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޤައުމީ ޤުރުއާން މުބާރާތް ގިނަ އަހަރުތަކެއް ވަންދެން ހިނގަމުން އައީ ތަނަވަސް ފަރާތްތަކުން ދެއްވާ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެން ކަމަށެވެ.

ނަމަވެސް މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޤައުމީ އަހައްމިއްޔަތަށްޓަކައި، މި އަހަރުން ފެށިގެން ސީދާ ދައުލަތުގެ ބަޖެޓުން ޤައުމީ ޤުރުއާން މުބާރާތް ހިންގުމަށް ނިންމަވާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އެކަން ކުރުމަށްޓަކައި 2025 ގެ ބަޖެޓްގައި ވެސް ހިމަނާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

Advertisement

Advertisement

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤުރުއާން މުބާރާތެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތެއްކަން ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހާމަކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ދީގެން އަދި އެންމެ އިނާމުތައް ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށެވެ.

ރައީސްގެ މި އަމާޒަށް ވާސިލްވުމަށް މިއަހަރުން ފެށިގެން ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމުމުން އެނގިގެންދަނީ މި ސަރުކާރުން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށާއި، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދޭ އަހައްމިޔަތުކަމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ގޮތުގައި ވަކި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ނިންމާފައިވާ ކަމަށެވެ. މި ރަސްމިއްޔާތުގެ ތައްޔާރީތައްވެސް އެ މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއިސްލާމިކް މިނިސްޓްރީކީރިތި ޤުރްއާން

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

1 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

12 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

14 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

21 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

22 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

23 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%