ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމާގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެންނެވި.
616 ދުވަސް ކުރިން - 15:32
ނިމިދިޔަ އަހަރު ސަރުކާރު ހިންގުމުގައި ދިމާވި ބައެއް ދަތިތައް ފާހަގަކުރައްވައި، އެ ދަތިތައް ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައިސް ފާހަގަކުރެއްވި.
616 ދުވަސް ކުރިން - 13:23
ސްކޫލަށް ބޭނުންވާ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި އެޑިއުކޭޝަން މިނިސްޓަރާއި ސްކޫލާއި ކައުންސިލާ ގުޅިގެން ރޭވިގެންދާނެ ކަމަށް ރައީސް ވިދާޅުވި.
616 ދުވަސް ކުރިން - 13:14
މި ދެ މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށާއި ކައުންސިލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢުތަކެއް.
616 ދުވަސް ކުރިން - 12:42
ދަތުރުފަތުރުކުރުމުގައި ތަކަންދޫ ރައްޔިތުން ތަޙައްމަލުކުރަން ޖެހޭ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން މި ނިންމުން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި.
616 ދުވަސް ކުރިން - 12:34
ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ބަދަހި ގުޅުން ފާހަގަކުރައްވައި، ދެ ޤައުމުގެ މިގުޅުން ބިނާވަނީ އިޙްތިރާމާއި ދެ ޤައުމު ދެކެން ބޭނުންވާ ކަންކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.
616 ދުވަސް ކުރިން - 12:32
މިއަދު ތަކަންދޫގެ ތަރައްޤީއަށް މުހިންމު 3 ކަމެއް ފައްޓަވައިދެއްވާނެ. އެގޮތުން، އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމާއި، ފުލުހުންގެ އައު މަރުކަޒު ހުޅުއްވައިދެއްވުން ހިމެނޭ. އޭޓީއެމް އެއްބަސްވުމުގައި ސޮއިކުރުން ވެސް އޮންނާނެ.
616 ދުވަސް ކުރިން - 11:06
ޢުމަރާނީ ތަރައްޤީ ކިތަންމެ ވަރަކަށް ވެސް ގެނެވިދާނެ ކަމަށާއި، ނަމަވެސް ޤައުމު ކުރިއަރާނީ ފަރުދީ ޒިންމާ ނަގާ ދުވަހަކުން ކަމަށާޢި މާތްރަސްކަލާނގެ ދެއްވާފައިވާ ސިކުނޑީގެ ބޭނުން ކުރަން ފެށި ދުވަހަކުން ކަމުގައި ރައީސް ވިދާޅުވި.
616 ދުވަސް ކުރިން - 03:15
ސިޔާސީ ގޮތުން އަނިޔާވެރިވެ، އެކަހެރިކޮށް، ބަންދުކޮށް ހެދުމަކީ އެމަނިކުފާނުގެ ކިބައިން ފެންނާނެ ކަމެއް ނޫން ކަމަށާއި ޤާނޫނުން ލިބިދޭ ހުރިހާ ޙައްޤެއް ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހޭނެ ކަމަށް ރައީސް ވިދާޅުވި.
616 ދުވަސް ކުރިން - 00:00
ރައީސް ވިދާޅުވީ ދިއްދޫ އެއާޕޯޓަކީ އެރަށާއި މުޅި ހއ އަތޮޅުގެ ތަރައްޤީއަށްވެސް ވަރަށް މުހިންމު މަސައްކަތެއް ކަމަށް.
616 ދުވަސް ކުރިން - 23:22
ޤައުމީ ދުވަސް ދެ އަހަރު ވަންދެން އުތީމުގައި ފާހަގަކުރެއްވުމަށްވެސް ނިންމަވައި ހއ. އުތީމުގައި ހުރި ޤައުމީ ބިނާތައް އަސްލު ނުގެއްލޭނެގޮތަށް ތަރައްޤީކޮށް ކުރިއަރުވުމަށް ޤައުމީ މަޝްރޫޢެއް އިޢުލާންކުރައްވައިފި.
617 ދުވަސް ކުރިން - 19:12
އެމަނިކުފާނު ދިއްދޫ އަށް ވަޑައިގަންނަވާތީ ރަށުތެރެ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައިވާއިރު، ބަނދަރު މައްޗަށް ވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ނުކުމެފައި.
617 ދުވަސް ކުރިން - 18:51