Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤާނޫނު އަސާސީގައި ބުނާ ރައްޔިތުންގެ ހައްޤުތައް ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭ: ރައީސް

ޤާނޫނު އަސާސީގައި ބުނާ ރައްޔިތުންގެ ހައްޤުތައް ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
579 ދުވަސް ކުރިން - 29 ޖެނުއަރީ 2025 13:23
ރައީސް ތަކަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް ތަކަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ނިމިދިޔަ އަހަރު ސަރުކާރު ހިންގުމުގައި ދިމާވި ބައެއް ދަތިތައް ފާހަގަކުރައްވައި، އެ ދަތިތައް ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައިސް ފާހަގަކުރެއްވި.

ޤާނޫނު އަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ހައްޤެއް އޭގެ އެންމެ ފުރިހަމަ މިނުގައި ލިބިދީފައި އޮތުން ސަރުކާރުން މިއަދާއި ހަމައަށް ތަންފީޒު ކުރައްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ތަކަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކޮންމެ ރައްޔިތަކީ ވެސް ޤާނޫނުން މަނާ ނުވާ ކޮންމެ ކަމެއް ކުރުމުގެ ހައްޤު ލިބިގެންވާ ރައްޔިތެއް ކަމަށެވެ. އަދި ސަރުކާރު އޮތީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައި ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރު އަބަދުވެސް ދެމި އޮންނާނީ އެގޮތުގައި ކަމަށާއި، ހުރިހާ ރައްޔިތުންނަކީ ވެސް މާތްﷲ ދެއްވި ބުއްދީގެ ބޭނުން ހިފާ ބަޔަކަށް ވާންޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ރަށުގެ ތަރައްޤީއާއި ގުޅޭގޮތުން ރައީސް އެދިވަޑައިގަތީ ހުރިހާ ރައްޔިތުން ވެސް އެކުގައި ކުރިޔަށް ދިއުމަށެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި ކުރާ ކޮންމެ ކަމަކީ އެ ރަށަކުން ގެންދެވޭނެ އެއްޗެއް ނޫން ކަމަށާއި ސިޔާސީ ކޮންމެ ފިކުރެއްގެ މީހެއް ކަމުގައި ވިޔަސް އެކަމުގެ ފައިދާ އޮތީ ރަށުގެ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްކަމަށާއި، ސަރުކާރުން ދޭ އެއްވެސް ޚިދުމަތެއްގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ. އަދި ތަފާތު ހިޔާލުތަކަށް އަބަދުވެސް ޖާގަ އޮންނާނެކަން ފާހަގަކުރައްވައި، އެފަދަ ކަންކަން އަޚުލާގާއި ވަކި ހުދޫދެއްގެ ތެރޭގައި ބެހެއްޓެވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ބަދަލު ހިފުމުގެ އެއްވެސް ރޫހެއް ގެންގުޅެފައި ނުވާނެ ކަމަށާއި ޤައުމަށް ބޭނުން ވަނީ ހަމަޖެހުމާއި އަމާންކަން ކަމަށެވެ. އަދި ސިޔާސީ ގޮތުން އަނިޔާވެރިވި މަންޒަރު ސަރުކާރުގެ މިދިޔަ އެއް އަހަރުގެ ތެރޭގައި ފެނިފައި ނުވާނެ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް އެކަން އެގޮތުގައި ދަމަހައްޓާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވީ 2025 ވަނަ އަހަރަކީ ރައްޔިތުން އެދޭ ބަދަލު ފެންނަ އަހަރަކަށް ވެގެންދާނެ ކަމަށެވެ. އަދި ނިމިދިޔަ އަހަރު ސަރުކާރު ހިންގުމުގައި ދިމާވި ބައެއް ދަތިތައް ފާހަގަކުރައްވައި، އެ ދަތިތައް ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހއ. ތަކަންދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

9 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

11 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

11 ގަޑިއިރު ކުރިން - 16:46

މަގުމަތީގެ ނުރައްކާތަކަށް އާ ގާނޫނުން ކަނޑައެޅީ މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

މަގުމަތީގެ ނުރައްކާތަކަށް މަސްތުވާތަކެތީގެ ކުށްތަކާ އެއްވަރުގެ ބޮޑު ޖޫރިމާނާއެއް!

11 ގަޑިއިރު ކުރިން - 16:42