Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިޔާސީ ވެގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނޯންނާނެ! ނުވެސް ކުރާނަން! - ރައީސް

ސިޔާސީ ވެގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނޯންނާނެ! ނުވެސް ކުރާނަން! - ރައީސް

ހުސައިން އިސްމާއިލް
498 ދުވަސް ކުރިން - 29 ޖެނުއަރީ 2025 00:00
ސިޔާސީ ވެގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނޯންނާނެ! ނުވެސް ކުރާނަން! - ރައީސް
ޚުލާސާ

ސިޔާސީ ގޮތުން އަނިޔާވެރިވެ، އެކަހެރިކޮށް، ބަންދުކޮށް ހެދުމަކީ އެމަނިކުފާނުގެ ކިބައިން ފެންނާނެ ކަމެއް ނޫން ކަމަށާއި ޤާނޫނުން ލިބިދޭ ހުރިހާ ޙައްޤެއް ކޮންމެ ރައްޔިތަކަށް ވެސް ލިބެންޖެހޭނެ ކަމަށް ރައީސް ވިދާޅުވި.

ސިޔާސީ ސަބަބުތަކަށްޓަކައި އެއްވެސް މީހަކު ހައްޔަރު ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އެ ރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިހާތަނަށް ވެސް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ނުކުރައްވާނެ ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި ބައްލަވާ، ރާއްޖޭގައި ނޯންނާނެ ބަދަލުހިފުމުގެ ރޫޙެއް. ސިޔާސީ މީހަކަށް ވެގެން ހައްޔަރުކޮށްފައެއް ނޯންނާނެ. އެއްވެސް މީހަކަށް ސިޔާސީ ގޮތުން އަދަބެއް ނުދެން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Advertisement

Advertisement 1

އެމަނިކުފާނު ވިދާޅުވީ ޤާނޫނު އަސާސީން ލިބިދޭ ހުރިހާ ޙައްޤެއް ކޮންމެ މީހަކަށް ވެސް ބޭނުންކުރެވެންވާނެ ކަމަށާއި ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިދޭ ޙައްޤުތައް އެންމެ ފުރިހަމަ މިނުގައި ލިބިދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ސިޔާސީ ގޮތުން އަނިޔާވެރިވެ، އެކަހެރިކޮށް، ބަންދުކޮށް ހެދުމަކީ އެމަނިކުފާނުގެ ކިބައިން ފެންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"މިހާތާކަށް ވެސް ނޯންނަނެ! އަދި ކުރިޔަށް އޮތް ތަނުގައިވެސް ނުފެންނާނެ! ކިތަންމެ އެއްޗެއް އަޅުގަނޑާއި ދިމާލަށް އަދި ސަރުކާރާއި ދިމާލަށް ކިޔުމަކީ ވެސް އަޅުގަނޑަށް މައްސަލައެއް ނޫން" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވީ، އަޅުގަނޑުމެން އެންމެންނަކީ ވެސް މުސްލިމުން ކަމަށާއި، އަނެކާ އާއި މުޚާޠަބުކުރާއިރު ރީތިބަހުން ވާހަކަ ދެއްކުމަށެވެ. ކޮންމެ ރައްޔިތަކީ ވެސް ޙުރުމަތްތެރި ވެގެންވާ ރައްޔިތެއްކަން ޤަބޫލުކުރަން ޖެހޭ ކަމަށާއި ކޮންމެ މީހެއްގެ ވެސް އަބުރެއް އޮތްކަން ޤަބޫލުކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ހަނދުމަފުޅު ކޮށްދެއްވިއެވެ.

ރައީސް ވިދާޅުވީ، ތިމާއަށްވުރެ ނިކަމެތި ކަމަށް އަނެކާއާއި ދޭތެރޭ ދެކުމަކީ ދީނީ ގޮތުން އޮތްގޮތެއް ނޫންކަން ޤަބޫލުކުރަން ޖެހޭނެ ކަމަށާއި ސިޔާސީ ގޮތުން ތިމަންނާ އަނެކާއާއި ޚިޔާލު ތަފާތުވުމަކީ އަނެކާ ކުޑަކޮށްލައި، ނިކަމެތިކޮށްލާ ކުޑައިމީސްކުރުމުގެ ޙައްޤު އެމީހާއަށް ލިބޭކަމެއް ނޫންކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހއ. ދިއްދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

1 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31