ސިއްހަތު، އިއާދަކުރަނިވި ހަކަތަ، ލޮޖިސްޓިކްސް އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓްކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި. މީގެއިތުރުން ވިޔަފާރި ފުޅާކުރުމަށް މޯލްޑިވިއަންގެ ދަތުރުތައް ކަރާޗީއަށް ފެށުމަށް ތައްޔާރުވާކަން ހާމަކުރެއްވި. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ ދެގައުމުގެ ވިޔަފާރިވެރިން މި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ބާރުއަޅުއްވާފަ.
24 ދުވަސް ކުރިން - 20:51
ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ގައުމުގެ ރައީސުންނާއި އަނބިކަނބަލުންގެ މެދުގައި ވަކިވަކި ބައްދަލުވުންތަކެއް ބޭއްވި. ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށް ޕާކިސްތާނުގެ ރައީސް ޝުކުރުއަދާކުރައްވާ އެ ގައުމުގެ ރައްޔިތުންވެސް މި ދަތުރުގެ ސަބަބުން އުފާފާލުކުރާކަމަށް ވިދާޅުވި. ދެ ގައުމުގެ މދެުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާކުރިޔަށް ގެންދިޔަ.
24 ދުވަސް ކުރިން - 11:50