Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަށްރަށަށް ދަތުރުކޮށް ބޭކާރު ޚަރަދެއް ކުރަނީއެއް ނޫން، ބޭނުމީ ރަށްރަށަށް ވަޑައިގެން މައްސަލަތަކަށް ހައްލު ގެނައުން - ރައީސް

ރަށްރަށަށް ދަތުރުކޮށް ބޭކާރު ޚަރަދެއް ކުރަނީއެއް ނޫން، ބޭނުމީ ރަށްރަށަށް ވަޑައިގެން މައްސަލަތަކަށް ހައްލު ގެނައުން - ރައީސް

އާނާ ފަހީމް
580 ދުވަސް ކުރިން - 29 ޖެނުއަރީ 2025 16:03
ރަށްރަށަށް ދަތުރުކޮށް ބޭކާރު ޚަރަދެއް ކުރަނީއެއް ނޫން، ބޭނުމީ ރަށްރަށަށް ވަޑައިގެން މައްސަލަތަކަށް ހައްލު ގެނައުން - ރައީސް
ޚުލާސާ

ކަމާ ގުޅުންހުރި ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގަންނަވަނީ ސީރިއަސް މަސައްކަތްތަކެއް ކުރަން، ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުތަކަކީ ބޭކާރު ޚަރަދެއް ނޫން، މަޤްޞަދަކީ ރަށްރަށުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުން ކަމަށް ރައީސް ވިދާޅުވެއްޖެ.

ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުތަކަކީ ބޭކާރު ޚަރަދެއް ނޫން ކަމަށާއި، އެ ދަތުރުތަކުގެ މަޤްޞަދަކީ ރަށްރަށުގެ މައްސަލަތަކަށް ހައްލު ހޯދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ހއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ހއ. މާރަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އީސްގެ އަތޮޅުތަކަށް ކުރައްވާ ދަތުރުތަކަކީ ބޭކާރު ޚަރަދުތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ވިދާޅުވީ ރަށްރަށުގައި ބާއްވާ ޖަލްސާތަކުގެ މަޤްޞަދަކީ ކަންކަން ހައްލުކުރުން ކަމަށެވެ. އަދި ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގަންނަވަނީ އަވަސް ސްޕީޑެއްގައި ކަންކަން ނިންމައި، ނަތީޖާ ނެރުމަށް ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

"ޚަރަދު ބޭކާރުވާނީ ހަޤީޤަތުގައި ލަސްވެގެންގޮސް ގެއްލިގެންދާ ދުވަސްތަކުން އެ ލިބޭ ގެއްލުން. އެއީ މާ ބޭކާރުވާނެ," ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލޭގައި އަރާމުގައި ތިބުމުގެ ބަދަލުގައި، ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގެން، ކައުންސިލްތަކާއި މުއައްސަސާތަކުގެ ޒިންމާދާރު ވެރިންނާއި އެކު މަޝްވަރާކޮށް، މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެއްވުމަކީ މުހިންމު ކަމެއް ކަމުގައެވެ. މި ދަތުރުތަކުގައި ރަށްރަށުގެ ތަރައްޤީ އަށް ޓަކައި ސީރިއަސް މަސައްކަތްތަކެއް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހއ. މާރަންދޫ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

1 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

5 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

23 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

23 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

23 ގަޑިއިރު ކުރިން - 18:26

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%