ޒަކާތު ހައުސް ބިލްޑިންގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފަށަނީ

އަައިޝަތު ޒީނާ | 165 ދުވަސް ކުރިން - 29 ޖެނުއަރީ 2025 19:33
ޒަކާތު ހައުސް އޮފީސް އިމާރާތާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން އެޗްޑީސީއާ ބައްދަލުކުރަނީ. / ފޮޓޯ: މިނިސްޓްރީ
ޒަކާތު ހައުސް އޮފީސް އިމާރާތާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން އެޗްޑީސީއާ ބައްދަލުކުރަނީ. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

މިނިސްޓަރ ވިދާޅުވީ މި އިމާރާތް ވެގެންދާނީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށްދެވޭ ޒަކާތު ފަންޑުގެ 10 ބުރީގެ ފުރަތަމަ އިންވެސްޓްމަންޓަށް ކަމަށް.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބިލްޑިންގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ 'ބައިތުއްޒަކާތު' ނަމުގައި ހުޅުމާލޭގައި އިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އުންމީދަކީ މިއަހަރު މި އިމާރާތުގެ މަސައްކަތް ފެށުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި އިމާރާތް ވެގެންދާނީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށްދެވޭ ޒަކާތު ފަންޑުގެ 10 ބުރީގެ ފުރަތަމަ އިންވެސްޓްމަންޓަށް ކަމަށެވެ.

މި އިމާރާތުގެ އޮފީސް ބައިތަކުން ލިބޭ ނަފާ ބެހިގެން ދާނީ ޒަކާތުގެ ޙައްޤުވެރިންނަށް ކަމަށާއި، ދިވެހިރާއްޖޭގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޒަކާތު ހައުސް އުފައްދަވާފައި ވަނީ 2023 ގެ ޑިސެންބަރު 18 ވަނަ ދުވަހުއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ 2024 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް މުދަލު ޒަކާތް ލިބުނު އަހަރު ކަމަށާއި، 101 މިލިއަނަށް ވުރެ ގިނަ ފައިސާ ޒަކާތު ފަންޑަށް ލިބިފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%