Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭނުންވަނީ މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންގޮސް ނަތީޖާ ނެރެން: ރައީސް

ބޭނުންވަނީ މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންގޮސް ނަތީޖާ ނެރެން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
580 ދުވަސް ކުރިން - 29 ޖެނުއަރީ 2025 16:24
ރައީސް މާރަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް މާރަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރިޔާސީ އިންތިޚާބުގައި މާރަންދޫއަށް ވެވަޑައިގެންނެވި ވަޢުދުތައް ހަނދާން އެބަހުރި ކަމަށާއި، މިއަހަރު އެ ހުރިހާ ކަމަކަށް ޢަމަލީ ސިފަ ގެނައުމަކީ ރައީސްގެ އަމާޒުކަމަށް އެމަނިކުފާނު ވިދާޅުވި.

ބޭނުންފުޅުވަނީ މަޝްރޫޢުތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ހއ. މާރަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި މާރަންދޫއަށް ވެވަޑައިގެންނެވި ވަޢުދުތައް ހަނދާން އެބަހުރި ކަމަށާއި، މިއަހަރު އެ ހުރިހާ ކަމަކަށް ޢަމަލީ ސިފަ ގެނައުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ. އަދި ކުރިން ފަށާފައިވާ މަޝްރޫޢުތަކާއި ސޮއިކޮށްފައިވާ މަޝްރޫޢުތަކެއް މާރަންދޫގައިވެސް ކުރިއަށް ނުގޮސް ހުރިކަން ފާހަގަކުރައްވައި، މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫޢުތަކަށް ފައިސާ ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

މާރަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރުގެ މަޝްރޫޢު، ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުން، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުން އަދި ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުން ހިމެނެއެވެ. މީގެ އިތުރުން، އާރުޓީއެލް ފެރީގެ ޚިދުމަތް ޝެޑިއުލެއްގެ ތެރެއިން މާރަންދޫއަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ކުނި މެނޭޖުކުރުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވަޒީރުންނާއެކު ރަށްރަށަށް ވަޑައިގަންނަވަނީ ސީރިއަސް މަސައްކަތްތަކެއް ކުރެއްވުމަށް ކަމަށާއި، ކައުންސިލާއި ޒިންމާދާރު ފަރާތްތަކާއެކު މަޝްވަރާކޮށް، ވީހާވެސް އަވަހަށް ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށެވެ. އަދި ދެ އަހަރު ދުވަހުގެ ތެރޭގައި މަޝްރޫޢުތައް ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތީ ތަރައްޤީގެ ދުވެލީގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެ ދުވަސްތަކެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހއ. މާރަންދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

1 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

5 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

23 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

23 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

23 ގަޑިއިރު ކުރިން - 18:26