Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާރަންދޫ ސިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކޮށް ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މާރަންދޫ ސިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކޮށް ލެބޯޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އާނާ ފަހީމް
580 ދުވަސް ކުރިން - 29 ޖެނުއަރީ 2025 16:56
ރައީސް މާރަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް މާރަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުރީ ސަރުކާރުން ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫޢާއި، ސްކޫލުގެ ކްލާސްރޫމް އެޅުމުގެ މަސައްކަތް ހިމެނޭ ގޮތަށް މިއަހަރުގެ ތެރޭގައި އެކި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި.

މާރަންދޫ ސިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކޮށް ލެބޯޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހއ. މާރަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫޢާއި، ސްކޫލުގެ ކްލާސްރޫމް އެޅުމުގެ މަސައްކަތް ހިމެނޭ ގޮތަށް މިއަހަރުގެ ތެރޭގައި އެކި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ބަޖެޓު ކުޑަކޮށް، އެއް ކުންފުންޏަކަށް ގިނަ މަޝްރޫޢުތަކެއް ހަވާލުކޮށްފައި އޮތުމުން މި މަސައްކަތްތައް ނުނިމި ލަސްވެފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަތަކަށް ހައްލު ހޯދައި، ނުނިމި ހުރި މަޝްރޫޢުތައް ނިންމަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މާރަންދޫގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމާއި، އައު ފުޓްސަލް ދަނޑެއް ޤާއިމުކުރުމާއި، ވޮލީ ކޯޓެއް އެޅުމާއި، ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ތަރައްޤީކުރުމުގެ އިތުރުން ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ފަށާ މަޝްރޫޢުތައް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި މާރަންދޫގައި އެކި ދާއިރާތަކުން ހުރި މައްސަލަތައް ހައްލުކޮށްދެއްވުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާ މަންޒަރު މިއަހަރުގެ ތެރޭގައި ފެނިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހއ. މާރަންދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

1 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

5 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

23 ގަޑިއިރު ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

23 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

23 ގަޑިއިރު ކުރިން - 18:26