Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޤާނޫނުގެ ދަށުން ރިސޯޓުތަކުން މިހާތަނަށް 25 މިލިޔަން ޑޮލަރު މާރުކޮށްފި: ރައީސް

ޤާނޫނުގެ ދަށުން ރިސޯޓުތަކުން މިހާތަނަށް 25 މިލިޔަން ޑޮލަރު މާރުކޮށްފި: ރައީސް

އައިޝަތު ރުވާ ރިފްޢަތު
497 ދުވަސް ކުރިން - 29 ޖެނުއަރީ 2025 22:45
ރައީސް ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައިސް އޮފީސް
ރައީސް ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައިސް އޮފީސް
ޚުލާސާ

ކުރިއަށް އޮތް އަހަރު ގިނަ ކަންކަން ރައްޔިތުންނަށް ފަހިވާނެކަމަށާއި، ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ކުދިންނަށް ފައިދާކުރާނެކަމަށް ރައީސް ވިދާޅުވި.

ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ ދަށުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު ރިސޯޓުތަކުން މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިރޭ ހއ. ހޯރަފުށީގައި ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އެ ފަރާތްތަކަށް ލިބޭ އާމްދަނީ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނު އެކުލަވާލާފައި ވަނީ ބޭރު ފައިސާގެ ދަތިކަން ހައްލު ކުރުމަށެވެ.

ރައީސް ވިދާޅުވީ، ގިނަ ރިސޯޓުތަކުން މި ޤާނޫނަށް ތަބާވެ ޢަމަލުކުރަމުންދާ ކަމަށެވެ.

Advertisement

Advertisement 1

"އަޅުގަނޑަށް ގަވަރުނަރު ދީފައިވާ އަޕްޑޭޓުގައި މިދިޔަ ހޯމަދުވަހުގެ ނިޔަލަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު މާރުކޮށްފައިވޭ. އެ ޤާނޫނު ރަނގަޅަށް ތަންފީޛުކޮށް އެއްވެސް މީހަކަށް އިސްތިސްނާ ނުދޭނަން. އެ ޤާނޫނުގެ ދަށުން ކޮންމެ ފަރާތެއް ވެސް ޖެހޭނީ އެގޮތަށް ޢަމަލު ކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ޤާނޫނު ތަންފީޛު ވުމުން ރައްޔިތުންނާއި ސަރުކާރަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތް އަހަރު ގިނަ ކަންކަން ރައްޔިތުންނަށް ފަހިވާނެކަމަށާއި، ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ކިޔަވާ ކުދިންނަށް ފައިދާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި އަހަރަކީ އިޤްތިޞާދީ ދަތި އުނދަގޫތަކާއި ކުރިމަތިލި އަހަރެއް ކަމަށް ފާހަގަ ކުރައްވަމުން، ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މިހާތަނަށް ފައިސާ ޗާޕުކޮށްފައި ނުވާނެކަމަށެވެ. އެކަން ނުކުރީ އިތުރަށް ރާއްޖޭގެ އިޤްތިޞާދު ހަލާކުވިޔަ ނުދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ބޭރު ފައިސާ މާރުކުރުމުގެ ޤާނޫނުގެ މަޤްޞަދަކީ، ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ އެތެރެކޮށް ބޭނުންކުރުމާއި ގެންގުޅުމާއި އަދި ޖަމާކޮށް މާރުކުރުމާއި ގުޅޭ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. މި ޤާނޫނުގެ ދަށުން އިސްތިސްނާވާ މުޢާމަލާތްތައް ފިޔަވައި އެހެން ހުރިހާ މުޢާމަލާތްތައް ކުރަން ޖެހޭނީ ދިވެހި ރުފިޔާއިން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުހއ. ހޯރަފުށި
Ad
Ad

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ހަމީދުބެ

497 ދުވަސް ކުރިން - 23:06

ވިސްނުންތެރިން ވެރިން ވެރިކަމާއި ހަވާލުވީމަ އޭގެ ފައިދާ ފެނިގެން މި ދަނީ

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

3 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31