ބުކަޔޯ ސާކާގެ ކުރީކޮޅު ޖެހި ގޯލުން އާސެނަލްއަށް އުއްމީދެއް ލިބުނު ނަމަވެސް ޑިފެންސިވް މައްސަލަތަކުގެ ސަބަބުން ލިވަޕޫލްއާ 2-2 އިން އެއްވަރުވެ އާސެނަލް އޮތީ ތާވަލުގެ ތިން ވަނައިގަ.
681 ދުވަސް ކުރިން - 09:53
މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އަނިޔާގައި ހުރި އާސެނަލްގެ ވިންގާ ބުކާޔޯ ސަކާ އަށް އާދީއްތަ ދުވަހު ލިވަޕޫލާއި ދެކޮޅަށް ކުޅެވޭނެ ކަމުގެ އުއްމީދު ބޮޑު. އޭނާ ދަނީ ތަމްރީނުތަކުގައި ބައިވެރިވަމުން.
684 ދުވަސް ކުރިން - 09:35
ޕްރިމިއާ ލީގުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއަކު ލަންޑަންގެ ހޮޓަލެއްގައި އަންހެނަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކޮށްފި. އުމުރުން 24 އަހަރުގެ ޒުވާނާ އެ ތުހުމަތުތަކަށް އިންކާރު ކުރޭ.
695 ދުވަސް ކުރިން - 08:46
ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-2 އިން މޮޅުވެ ބްރައިޓަން ޕްރިމިއާ ލީގުގެ ތާވަލުގެ 6 ވަނަ އަށް އަރާފައިވާއިރު، ބުރަ މެޗަކަށް ފަހު ޓޮޓެންހަމް ވަނީ 9 ވަނަ އަށް ވެއްޓިފަ
702 ދުވަސް ކުރިން - 07:07
ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ވެސް ސިޓީން. ހާލަންޑު އޭނާގެ 100ވަނަ ލަނޑު 9ވަނަ މިނެޓުގައި ޖެހިޔަސް އޭގެ ފަހުން އާސެނަލް ވަނީ ދެގޯލު ޖަހާފަ. އާސެނަލްއަށް ޕްރެޝަރާއި ކުރިމަތިލާން ޖެހުނީ ރަތްކާޑުގެ ސަބަބުން 10 ކުޅުންތެރިންނަށް ބަދަލުވީމަ. ސިޓީން ވަނީ މެޗު ނިމެނިކޮށް އެއްވަރުކޮށްފަ
716 ދުވަސް ކުރިން - 13:01
އިނގިރޭސި ޕްރިމިއާ ލީގުގައި މާލީ ގަވާއިދާ ހިލާފުވި ކަމުގެ ތުހުމަތުގައި މެންޗެސްޓާ ސިޓީގެ މައްޗަށް 115 ދައުވާއެއް ވަނީ އުފުލާފަ. މިނިވަން ކޮމިޝަނަކުން ބަލަމުން އަންނަ މި މައްސަލައިގެ ސަބަބުން ކްލަބަށް ބޮޑެތި އަދަބުތަކެއް ނުވަތަ ދަތިކުރުމުގެ ފިޔަވަޅުއެޅުމަކީ އެކަށީގެންވާ ކަމެއް.
722 ދުވަސް ކުރިން - 15:54
ޕްރިމިއާ ލީގުގެ ޕީއެސްއާރު އާ ހިލާފުވުމުގެ އިސްތިއުނާފު ލެސްޓާ ސިޓީ ކާމިޔާބުކޮށް، ޕޮއިންޓް އުނިކުރުމުން ސަލާމަތްވެއްޖެ. މިނިވަން ބޯޑަކުން ނިންމީ ލެސްޓާގެ ރެލިގޭޓްގެ ސަބަބުން އެ މައްސަލައިގެ އިހްތިސާސް ޕްރިމިއާ ލީގަށް ލިބިފައި ނުވާ ކަމަށާ މިސީޒަނުގައި އެކަމާއި ގުޅިގެން ލެސްޓާއާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރު ޕްރިމިއާ ލީގަށް ނެތް ކަމަށް
732 ދުވަސް ކުރިން - 10:48
މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ މުހައްމަދު ސަލާހު އަންނަ ސީޒަނުގަ ލިވަޕޫލުގައި ހުންނާނެތޯ ނުވަތަ އޭނާ ރޮނާލްޑޯ އާއި މެސީ ވެސް ދިޔަހެން އެހެން ކުލަބުތަކަށް ކުޅޭނީތޯ މިއީ އުފެދޭ ސުވާލެއް. އަދި މިހާތަނަށް އޭނާ އެއްވެސް ބަޔަކާ ވާހަކައެއް ނުދައްކާ
737 ދުވަސް ކުރިން - 02:26
މެންޗެސްޓަރ ޔުނައިޓެޑު، ލިވަޕޫލް އަތުން ބަލިވެފައިވަނީ 0-3 ގެ ނަތީޖާއަކުން. ލުއިސް ޑިއާޒް 2 ގޯލު ކާމިޔާބުކުރި އިރު ފަހު ގޯލު ޖަހާފައިވަނީ ސަލާހް. މި ބައްޔާއެކު ޔުނައިޓެޑް ވަނީ ތާވަލުގެ 13 ވަނައަށް ވެއްޓިފަ
737 ދުވަސް ކުރިން - 21:54
އިޕްސްވިޗް ޓަވްން އަތުން 4-1 އިން މެންޗެސްޓަރ ސިީޓީ މޮޅުވިއިރު ޓޮޓްނަމްއިންވަނީ އެވަޓަންގެ މައްޗަށް 4-0 އިން ކުރި ހޯދާފައެވެ. މީގެއިތުރުން ފަހު މެޗުގައި އާސެނަލް އިންވަނީ އެސްޓަން ވިލާ 2-0 އިން ބަލިކޮށްފައެވެ.
745 ދުވަސް ކުރިން - 09:17
ޔުނައިޓެޑް ބަލިވީ 1-2ކުން. ބްރައިޓަންގެ ފުރަތަމަ ގޯލު ޖެހީ މެންޔޫގެ ކުރީގެ ކުޅުންތެރިޔާ ޑެނީ ވެލްބެކް
745 ދުވަސް ކުރިން - 01:26
އުމުރުން 33 އަހަރުގެ މިޑްފީލްޑަރުވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 82 މެޗު ކުޅެފަ. ޤައުމީ ޓީމަށް ގުންޑޮގަން ކުޅެން ފަށާފައިވަނީ 2011 ވަނަ އަހަރު.
750 ދުވަސް ކުރިން - 15:24