ޕްރިމިއަ ލީގުގައި މެންޗެސްޓަރ ސިޓީ އަދި އިޕްސްވިޗް ޓަވްން ބައްދަލު ކުރި މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބު ކޮށްފިއެވެ. އިތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި 4-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީގެ ފޯވާޑް ހާލަންޑް ހެޓްރިކެއް ހެދިއިރު އެޓީމްގެ އަނެއް ލަނޑު ކާމިޔާބުކޮށްދީފައިވަނީ މިޑްފީލްޑަރު ކެވިން ޑިބްރޫނޭއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓްނަމް އިންވަނީ 4-0ގެ ނަތީޖާއަކުން އެވެޓަންގެ މައްޗަށް ކުރިހޯދާފައެވެ. މެޗުގައި ޓޮޓްނަމްގެ ތަރި ސޮން ދެލަނޑު ކާމިޔަބުކުރިއިރު ބިސޯމާ އަދި ވެން ޑެ ވީން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ފަހު މެޗުގައި އާސެނަލްއިންވަނީ އެސްޓަން ވިލާ 2-0ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އާސެނަލްއިން ކާމިޔާބުކުރި ދެލަނޑު ވެސް ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ. އާސެނަލްގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިއެނޯ ޓްްރޮސާޑް އަދި މިޑްފީލްޑަރު ތޯމަސް ޕާޓޭއެވެ.
މި ނަތީޖާއާއެކު ތާވަލްގެ އެއްވަނާގައި 6 ޕޮއިންޓާއި 5 ގޯލުގެ ފައިދާއަކާއެކު އޮތީ ފަހުގެ ޗެމްޕިއަނުން ސިޓީއެވެ. ދެވަނާގައި ބްރައިޓަން އޮތްއިރު ތާވަލްގެ ތިންވަނާގައި އޮތީ އާސެނަލްއެވެ.









