އިންވިންސިބަލްގެ އުންމީދެއްގައި ސީޒަން ފެށި ސިޓީ ސީޒަނުގެ ދެވަނަ މެޗުން ރޯން ޖެހިއްޖެ

އައިޝަތު އީމާން | 38 ދުވަސް ކުރިން - 23 އޯގަސްޓް 2025 02:36
ގޯލް ޖެހުމަށްފަހު ބްރެނަން ޖޯންސަން އުފާފާޅުކުރަނީ.
ގޯލް ޖެހުމަށްފަހު ބްރެނަން ޖޯންސަން އުފާފާޅުކުރަނީ.
ޚުލާސާ

ޓޮޓެންހަމް އަތުން ސިޓީ ބަލިވެފައިވަނީ 0-2 ގެ ނަތީޖާއަކުން. މެޗުގެ ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައި.

އިނގިރޭސީ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީގެ ސަޕޯޓަރުންނަށް މިއީ ހިތްދަތި ރެޔެކެވެ. އިންވިންސިބަލްގެ އުންމީދެއްގައި އެ ކުލަބުގެ ސަޕޯޓަރުން ތިއްބާ ޓޮޓެންހަމުން މިވަނީ 0-2 އިން އެ އުންމީދުތައް ފެނަށް ދުއްވާލާފައެވެ.

ދެ ގޯލުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައި ކަމަށްވާއިރު އެ ގޯލުތައް ޖަހާފައިވަނީ 35 ވަނަ މިނެޓުގައި ބްރެނަން ޖޯންސަން އަދި 2+45 މިނެޓުގައި ޖޯ ޕަލީނިއާ އެވެ.

މި ފަހުގެ ތާރީހުގައި ސިޓީ އަކީ ޕްރިމިއަރ ލީގުގެ އެންމެ ކާމިޔާބު ކުލަބެވެ. އެ ކުލަބުން ވަނީ ފާއިތުވި 10 އަހަރުގައި ހަ ފަހަރު ޕްރިމިއަރ ލީގު ނަގާފައެވެ. ސިޓީގެ މިހާރު އެންމެ ބޮޑު އެއް އަމާޒަކަށް ވެފައިވަނީ އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލުމެވެ. މިދިޔަ ސީޒަނުގައި ބުނަމުން ދިޔައީ މި ސީޒަނުގައި އެކަން ވާނެ ކަމަށެވެ. ނަމަވެސް ދެ މެޗު ހަމަޔަށް ނުކުޅެވެނީސް މިއޮތީ "ނެކްސްޓް ޓައިމް" ކިޔަން ޖެހިފައެވެ.

މިހާތަނަށް ޕްރިމިއަރ ލީގުގައި އެ ރެކޯޑު އޮތް ހަމައެކަނި ކުލަބަކީ އާސެނަލެވެ. 04-2003 ސީޒަނުގައި އާސެނަލް ވަނީ މެޗަކުން ބަލިނުވެ 26 މެޗުން މޮޅުވެ 12 މެޗު އެއްވަރުވެ ލީގު ނަގާފައެވެ. ނަމަވެސް އެ ސީޒަނުގައި އާސެނަލަށް ލިބިފައިވަނީ 90 ޕޮއިންޓެވެ. ޕްރިމިއަރ ލީގުގެ ތާރީހުގައި އެންމެ ގިނަ ޕޮއިންޓު ހޯދާފައިވަނީ މެންޗެސްޓަރ ސިޓީއެވެ. އެ ކުލަބުން ވަނީ 18-2017 ސީޒަނުގައި 100 ޕޮއިންޓު ހޯދައި "ސެންޗޫރިއަންސް" ގެ ލަގަބު ހޯދާފައެވެ.

ޔޫރަޕުގެ ގަދަ ފަސް ލީގަށް ބަލާއިރު ދެން އިންވިންސިބަލް ހޯދާފައިވަނީ 92-1991 ވަނަ އަހަރު އޭސީ މިލާނާއި 12-2011 ވަނަ އަހަރު ޔުވެންޓަސްގެ އިތުރުން 32-1931 ވަނަ އަހަރު ރިއަލް މެޑްރިޑެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%