Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އައިޝަތު ރުވާ ރިފްޢަތު
23 ގަޑިއިރު ކުރިން - 29 ޖޫން 2026 23:04
މެނެޗެސްޓަރ ސިޓީގެ އައު ކޯޗު އެންޒޯ މަރެސްކާ---
މެނެޗެސްޓަރ ސިޓީގެ އައު ކޯޗު އެންޒޯ މަރެސްކާ---
ޚުލާސާ

މަރެސްކާ ސިޓީއާ ހަވާލުވުމުގެ ކަންކަން ލަސްވެގެން ދިޔައީ އޭނާ ހޯދުމަށް ސިޓީން ޗެލްސީއަށް ދޭންޖެހޭ ބަދަލުގެ (ކޮންޕެންސޭޝަން) މައްސަލައިގައި ދެ ކްލަބުގެ މެދުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން. މަރެސްކާގެ ވަކިވުމުގެ ސަބަބުން ޗެލްސީގެ މިދިޔަ ސީޒަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ.

ޗެލްސީގެ ކުރީގެ ކޯޗު އެންޒޯ މަރެސްކާ، މެންޗެސްޓަރ ސިޓީގެ އާ ހެޑް ކޯޗުގެ މަގާމަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އައްޔަންކޮށްފިއެވެ. އުމުރުން 46 އަހަރުގެ އިޓަލީއަށް އުފަން މަރެސްކާ މި މަގާމާ ހަވާލުވީ، 10 އަހަރުގެ ކާމިޔާބު ދުވަސްތަކަކަށްފަހު މިދިޔަ މެއި މަހު މަގާމުން ވަކިވި ޕެޕް ގާޑިއޯލާގެ ބަދަލުގައެވެ.

މަރެސްކާ ސިޓީއާ ހަވާލުވުމުގެ ކަންކަން ލަސްވެގެން ދިޔައީ އޭނާ ހޯދުމަށް ސިޓީން ޗެލްސީއަށް ދޭންޖެހޭ ބަދަލުގެ (ކޮންޕެންސޭޝަން) މައްސަލައިގައި ދެ ކްލަބުގެ މެދުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި މެންޗެސްޓަރ ސިޓީން ޗެލްސީއަށް ގާތްގަނޑަކަށް 17 މިލިއަން ފައުންޑްގެ ބަދަލެއް ދޭންޖެހެއެވެ.

މީގެ އިތުރުން، މަރެސްކާ އަމިއްލައަށްވެސް ޗެލްސީއަށް ބަދަލު ދޭންޖެހޭނެ ކަމަށް އެ ކްލަބުން ބުނެފައިވެއެވެ. މިއީ އޭނާ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެން ދޭންޖެހޭ ބަދަލެކެވެ. މަރެސްކާ ޗެލްސީން ވަކިވީ މިދިޔަ ޖެނުއަރީ މަހު، ޕްރިމިއާ ލީގުގެ ހަތް މެޗުން އެންމެ މެޗެއް ކާމިޔާބު ކުރެވުނު ދަނޑިވަޅެއްގައެވެ.

Advertisement

Advertisement 1

އޭރު ޗެލްސީން ބުނެފައިވަނީ މަރެސްކާ ވަކިވީ ދެފަރާތް އެއްބަސްވެގެން ކަމަށެވެ. ނަމަވެސް، މަރެސްކާ މިހާރު ވަނީ އޭނާ މަގާމުން އިސްތިއުފާ ދިނީ ސިޓީއާ ގުޅުމުގެ މަގު ފަހިކުރުމަށްޓަކައި ކަމަށް އިއުތިރާފުވެފައެވެ. ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރެސްކާގެ އިސްތިއުފާއަކީ އޭނާގެ ޒިންމާތައް އަދާކުރުމަށް އުޒުރުވެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށާއި، މިކަމުގެ ބަދަލު ހޯދުމަށް ސިއްރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ސިޓީން ތިން ތަށި (ޓްރެބަލް) ކާމިޔާބުކުރި 2022-23 ވަނަ ސީޒަނުގައި ގާޑިއޯލާގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި މަރެސްކާ ވަނީ އޭނާ ޗެލްސީ ދޫކޮށްލި ގޮތުން އެ ކްލަބުގެ ކިބައިން މައާފަށް އެދިފައެވެ. އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވަނީ ސީޒަން މެދުތެރެއިން ކްލަބު ދޫކޮށްލުމުން ކުރިމަތިވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، އެއީ އޭނާ ގަސްދުގައި ކުރަން ބޭނުންވި ކަމެއް ނޫން ކަމަށެވެ.

މަރެސްކާގެ ވަކިވުމުގެ ސަބަބުން ޗެލްސީގެ މިދިޔަ ސީޒަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެގޮތުން ލީގުގެ 10 ވަނައިގައި ސީޒަން ނިންމާލަން ޖެހުމާއި، ޓީވީ ރެވެނިއުގެ ގޮތުގައި ލިބެންޖެހޭ އެތައް މިލިއަން ފައުންޑެއް ގެއްލިގެން ދިޔައެވެ. ނަމަވެސް، މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ ކްލަބް ވޯލްޑް ކަޕާއި ކޮންފަރެންސް ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައެވެ.

މެންޗެސްޓަރ ސިޓީން ގަބޫލުކުރާ ގޮތުގައި މަރެސްކާއަކީ ތޯމަސް ޓުޗެލްއަށްފަހު ޗެލްސީއަށް ލިބުނު އެންމެ ގާބިލު ކޯޗެވެ. އަދި އޭނާއަކީ ޕެޕް ގާޑިއޯލާގެވެސް ފުރިހަމަ ތާއީދު އޮތް ކޯޗެކެވެ.

މެންޗެސްޓަރ ސިޓީއެންޒޯ މަރެސްކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

36 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

36 ދުވަސް ކުރިން - 12:14

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

38 ދުވަސް ކުރިން - 23:13

ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

ޕެލަސް ބަލިކޮށް ސިޓީން ތަށީގެ އުންމީދު ދަމަހައްޓައިފި

47 ދުވަސް ކުރިން - 12:32

ސިޓީ މޮޅުވިއިރު ޔުނައިޓެޑް، ޗެލްސީ އަދި ލިވަޕޫލަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ބޮޑެތި ކުލަބުތައް އެއްވަރުވިއިރު ސިޓީއަށް ތިން ޕޮއިންޓު

51 ދުވަސް ކުރިން - 23:53

ހިލޭ ލިބެން އޮތް ބެނާޑޯ ސިލްވާ އަށް ރިއަލް މެޑްރިޑުން ޝައުގުވެރިކަމެއް ނެތް

ރިއަލް މެޑްރިޑުން ބެނާޑޯ ސިލްވާއަށް ޝައުގުވެރިކަމެއް ނެތް

65 ދުވަސް ކުރިން - 22:11