Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

އައިޝަތު ރުވާ ރިފްޢަތު
52 ދުވަސް ކުރިން - 22 މެއި 2026 23:13
ގާޑިއޯލާއާއެކު ސިޓީން ވަނީ ޖުމްލަ 17 ތަށި ހޯދާފަ. / ފޮޓޯ: ސްކައި ސްޕޯޓްސް
ގާޑިއޯލާއާއެކު ސިޓީން ވަނީ ޖުމްލަ 17 ތަށި ހޯދާފަ. / ފޮޓޯ: ސްކައި ސްޕޯޓްސް
ޚުލާސާ

ޗުކަމުގައި ހޭދަކުރި 10 ސީޒަނުގައި އޭނާ ވަނީ އެ ކްލަބަށް 17 ބޮޑު މުބާރާތެއް ކާމިޔާބުކޮށްދީފަ. މީގެ ތެރޭގައި އެންމެ ޝަރަފުވެރި ޗެމްޕިއަންސް ލީގު ތަށިވެސް ހިމެނޭ.

މެންޗެސްޓަރ ސިޓީގެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ، މި ސީޒަނުގެ ފަހު މެޗަށްފަހު އެ ކްލަބް ދޫކޮށްލާނެކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. ގާޑިއޯލާގެ ވަކިވުމާ ގުޅިގެން، އޭނާ އެ ކްލަބަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެތިހާދު ސްޓޭޑިއަމްގެ އުތުރު ސްޓޭންޑަށް އޭނާގެ ނަމުން ނަން ދިނުމަށް ސިޓީން ވަނީ ނިންމާފަ އެވެ.

އުމުރުން 55 އަހަރުގެ ގާޑިއޯލާ ސިޓީގެ ކޯޗުކަމުގައި ހޭދަކުރި 10 ސީޒަނުގައި އޭނާ ވަނީ އެ ކްލަބަށް 17 ބޮޑު މުބާރާތެއް ކާމިޔާބުކޮށްދީފައެވެ. މީގެ ތެރޭގައި 6 ޕްރިމިއާ ލީގު ތައްޓާއި، އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޗެމްޕިއަންސް ލީގު ހިމެނެ އެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ކުޅޭ ފަހު މެޗަކީ އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ސިޓީގެ ވެރިޔާ ޝެއިހް މަންސޫރު ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރު ދުވަހު ގާޑިއޯލާ ވަނީ އެ ކްލަބުގެ އަމާޒުތައް ހާސިލްކޮށްދިނުމުގައި ނަމޫނާ ދައްކާފައި ކަމަށެވެ. އަދި އޭނާ ވަނީ ކްލަބުގެ ވަނަވަރުގައި ފޮހެލަން ދަތި އަސަރުތަކެއް ބަހައްޓާފައި ކަމަށްވެސް ޝެއިހް މަންސޫރު ފާހަގަކުރެއްވި އެވެ. ކްލަބް ދޫކޮށްލި ނަމަވެސް، ގާޑިއޯލާ ދެން ފެނިގެންދާނީ ސިޓީ ފުޓްބޯޅަ ގްރޫޕުގެ ގްލޯބަލް އެމްބަސެޑަރެއްގެ ގޮތުގަ އެވެ.

Advertisement

Advertisement 1

ގާޑިއޯލާގެ ޝަރަފުގައި ނަންބަދަލުކުރާ ނޯތު ސްޓޭންޑް އާދިއްތަ ދުވަހުގެ މެޗަށް ފުރިހަމައަށް ހުޅުވާލާއިރު، އެ ސްޓޭންޑް ކައިރީގައި ގާޑިއޯލާގެ ސްޓެޗޫއެއް ބެހެއްޓުމަށްވެސް ސިޓީން ވަނީ ނިންމާފަ އެވެ.

ކްލަބް ދޫކޮށްލާ ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ބުނީ، ވަކިވާންވީ ވަގުތު ޖެހިއްޖެކަން އޭނާގެ ހިތް ބުނާ ކަމަށާއި، މެންޗެސްޓާ ސިޓީގެ ސަޕޯޓަރުންނާއި އެ ކްލަބާ މެދު އޮތް ލޯތްބަކީ އަބަދަށް ދެމިއޮންނާނެ އެއްޗެއް ކަމަށެވެ.

ގާޑިއޯލާގެ ދަށުން ސިޓީން ވަނީ އިނގިރޭސި ފުޓްބޯޅައިގައި ގިނަ ރެކޯޑްތަކެއް މުގުރާލާފައެވެ. އޭގެ ތެރޭގައި 100 ޕޮއިންޓާއެކު ލީގު ކާމިޔާބުކުރުމާއި، ޖެހިޖެހިގެން ހަތަރު ފަހަރު ލީގު ކާމިޔާބުކުރި ފުރަތަމަ ޓީމަށް ވުން ހިމެނެ އެވެ. އަދި 2022-23 ވަނަ އަހަރު ސިޓީން ވަނީ ތިން ތަށި (ޓްރެބަލް) ކާމިޔާބުކޮށް ތާރީހުގެ ތެރެއަށް ވަދެފަ އެވެ.

ގާޑިއޯލާގެ ބަދަލުގައި ސިޓީގެ ކޯޗުކަމާ ހަވާލުވުން އެންމެ ގާތީ ކުރިން ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރި އަދި ޗެލްސީގެ ކުރީގެ ކޯޗު އެންޒޯ މަރެސްކާ އެވެ. ގާޑިއޯލާ ސިޓީ ދޫކޮށް މިދަނީ މި ސީޒަނުގެ އެފްއޭ ކަޕާއި ލީގު ކަޕް އެ ކްލަބަށް ކާމިޔާބުކޮށްދިނުމަށްފަހު އެވެ. އޭނާގެ ވަކިވުން ކަށަވަރުވެފައި މިވަނީ މި ސީޒަނުގެ ޕްރިމިއާ ލީގު އާސެނަލްއަށް ގެއްލުނުތާ ތިން ދުވަސް ފަހުންނެވެ.

ގާޑިއޯލާމެންޗެސްޓަރ ސިޓީއިނގިރޭސި ޕްރިމިއަރ ލީގު
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

އެންޒޯ މަރެސްކާ މެންޗެސްޓަރ ސިޓީގެ ހެޑް ކޯޗަކަށް ހަމަޖައްސައިފި

14 ދުވަސް ކުރިން - 23:04

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

43 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

44 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

49 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

49 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

51 ދުވަސް ކުރިން - 22:55