Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕްރިމިއަރ ލީގުގެ ފުރަތަމަ ހަފްތާ: މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ނާއުންމީދު

ޕްރިމިއަރ ލީގުގެ ފުރަތަމަ ހަފްތާ: މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ނާއުންމީދު

އައިޝަތު އީމާން
386 ދުވަސް ކުރިން - 19 އޯގަސްޓް 2025 09:29
ޔުނައިޓެޑް އަދި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކުރީ އާސެނަލުން. މިއީ ޔުނައިޓެޑަށް ގަބޫލުކުރަން ދަތި ނަތީޖާއެއް.
ޔުނައިޓެޑް އަދި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކުރީ އާސެނަލުން. މިއީ ޔުނައިޓެޑަށް ގަބޫލުކުރަން ދަތި ނަތީޖާއެއް.
ޚުލާސާ

ޕްރިމިއަރ ލީގުގެ ފުރަތަމަ ހަފްތާގެ އެންމެ ފޯރިގަދަ މެޗަކީ އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު. ތާވަލުގެ އެއްވަނާގައި ސިޓީ.

ދުނިޔޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޕްރިމިއަރ ލީގު މި ހަފްތާގައި ފަށާފައިވާއިރު މިފަހަރުގެ ސީޒަން ވެސް މި ލީގުގެ އެންމެ ކާމިޔާބު ކުލަބު ކަމައްވާ މެންޗެސްޓަރ ޔުނައިޓެޑް ފަށާފައިވަނީ ނާއުއްމީދާ އެކީގައެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ލިވަޕޫލާއި ބޯންމައުތުގެ މެޗުން ލީގު ފަށާފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން މި މެޗު ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއިންނެވެ. އެ ދުވަހުގައި ދެން ކުޅުނު މެޗުތަކަށް ބަލާއިރު ނިއުކާސަލާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވެފައިވާއިރު ޓޮޓެންހަމް އަދި ބާންލީ ކުޅުނު މެޗު ޓޮޓެންހަމުން ކާމިޔާބުކޮށްފައިވަނީ 0-3 ގެ ނަތީޖާއިންނެވެ. ވެސްޓްހަމްގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ސަންދަރލެންޑު މޮޅުވެފައިވާއިރު ބްރައިޓަން އަދި ފުލަމް ބައްދަލުކުރި މެޗު ނިމުނީ 1-1 ނަތީޖާއިން އެއްވަރުވެގެންނެވެ. އެ ދުވަހު ކުޅުނު ފަހު މެޗު ވުލްވްސް މައްޗަށް މެންޗެސްޓަރ ސިޓީން ކުރި ހޯދާފައިވަނީ 0-4 ގެ ނަތީޖާއިންނެވެ.

އާދީއްތަ ދުވަހު ތިން މެޗު ކުޅެފައިވާއިރު ނޮޓިންހަމް އަދި ބްރެންޓްފޯޑު ބައްދަލުކުރި މެޗު ނޮޓިންހަމުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަން ޗެލްސީ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކްރިސްޓަލް ޕެލެސްއާ އެވެ. މި މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. ފުރަތަމަ ހަފްތާގައި އެންމެ ފޯރިގަދަ މެޗަކަށް ކުޅުނީ މުބާރާތުގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗެވެ. މެޗުގެ ކުރީކޮޅުގައި އާސެނަލުން ގޯލެއް ޖަހައި މެޗު ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

Advertisement

Advertisement 1

ފުރަތަމަ ހަފްތާގެ އެންމެ ފަހު މެޗަކަށް ކުޅެފައިވަނީ ހޯމަ ދުވަހުގެ ރޭ ލީޑްސް ޔުނައިޓެޑާއި އެވަޓަން އެވެ. 0-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައިވަނީ ލީޑްސް ޔުނައިޓެޑެވެ.

ލީގުގެ އެއްވަނައިގައި ސިޓީ އޮތީ ޖުމްލަ ހަތަރު ގޯލުގެ ތަފާތު އޮވެގެންނެވެ. ކޮންމެއަކަސް ފުރަތަމަ ހަފްތާ ނިމުނު އިރު މިއީ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ގަބޫލުކުރަން ދަތި ނަތީޖާއެކެވެ. އެ ކުލަބުގެ ސަޕޯޓަރުން މި ސީޒަނާ ކުރިމަތިލީ ވަރަށް ފޮނި އުންމީދުތަކާ އެކުގައެވެ. ލީގުގައި އަދި ބާކީ 37 މެޗު އެބައޮތެވެ. އެހެންކަމުން ބަލަމާ ހިނގާށެވެ.

މެންޗެސްޓާ ޔުނައިޓެޑްޕްރިމިއާ ލީގް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންވިންސިބަލްގެ އުންމީދެއްގައި ސީޒަން ފެށި ސިޓީ ސީޒަނުގެ ދެވަނަ މެޗުން ރޯން ޖެހިއްޖެ

ސީޒަނުގެ ދެވަނަ މެޗުން ސިޓީ ބަލިވެއްޖެ

381 ދުވަސް ކުރިން - 02:36

ކިންޒާ ފެންޓަސީ ޕްރިމިއާ ލީގުގެ ނަސީބުވެރިޔާ ހޮވައިފި

ކިންޒާ ފެންޓަސީ ޕްރިމިއާ ލީގުގެ ނަސީބުވެރިޔާ ހޮވައިފި

393 ދުވަސް ކުރިން - 23:35

ސައުތެމްޓަން ރެލިގޭޓް ވުމުން ކޯޗު ޖުރިކް މަގާމުން ވަކިކޮށްފި

ރެލިގޭޓް ވުމުން ކޯޗު ޖުރިކް ވަކިކޮށްފި

519 ދުވަސް ކުރިން - 09:49

ހީކުރި ގޮތާއި ހިލާފަށް ފުލަމް އިން ލިވަޕޫލް ބަލިކޮށްފި

ފުލަމް އިން ފަހަތުން އަރައި ލިވަޕޫލް ބަލިކޮށްފި

520 ދުވަސް ކުރިން - 05:49

ޗެލްސީ ގަދަ ހަތަރަކަށް ޖެހިލައިފި

ޗެލްސީ ގަދަ ހަތަރަކަށް ޖެހިލައިފި

523 ދުވަސް ކުރިން - 09:11

ސަކާގެ ހިތްވަރުން އާސެނަލް ކުރިއަރައިފި

ސަކާގެ ހިތްވަރުން އާސެނަލް ކުރިއަރައިފި

525 ދުވަސް ކުރިން - 12:32