ސަޕޯޓަރުންގެ ބަހަށް އިޖާބަދީ ޔުނައިޓެޑުގެ ކޯޗު ބަދަލުކުރަންޖެހޭ!

އައިޝަތު އީމާން | 3 ދުވަސް ކުރިން - 27 ސެޕްޓެންބަރު 2025 20:29
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އަމޮރިމް.
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އަމޮރިމް.
ޚުލާސާ

ބްރެންޓްފޯޑު އަތުން 1-3 ގެ ނަތީޖާއިން ބަލިވެ ޔުނައިޓެޑް ވަނީ ތާވަލުގެ 13 ވަނައަށް ވެއްޓިފައި.

މެޗުގެ ކުރީކޮޅުގައި ލީޑު ނަގައި ޕްރިމިއަރ ލީގުގައި ބްރެންޓްފޯޑު އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 1-3 ގެ ނަތީޖާއިން އަމިއްލަ ދަނޑުގައި ބްރެންޓުފޯޑުން މޮޅުވެއްޖެ އެވެ.

އިގޯ ތިއާގޯގެ ދެ ގޯލު ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު ބްރެންޓުފޯޑުގެ ތިން ވަނަ ގޯލު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަތިއަސް ޖެންސެން އެވެ.

ޔުނައިޓެޑުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ބެންޖަމިން ސެސްކޯއެވެ. ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑަށް ރަނުގެ ފުރުސަތެއް ދެވަނަ ހާފުގައި ލިބުނެވެ. ނަމަވެސް 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ބްރޫނޯ ފެނާންޑެސް ވަނީ ބޭކާރުކޮށްލާފައެވެ. އެ ޕެނަލްޓީ ބްރެންޓުފޯޑުގެ ކީޕަރު ކެލެހާ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ޔުނައިޓެޑުން ކުޅުނު ނަމަވެސް ބަލާހިތްވާ ކުޅުމެއް އެ ކުލަބުގެ ފަރާތުން ފެނިފައެއް ނުވެއެވެ. މި ސީޒަނުގައި ދަށް ކުޅުމެއް ޔުނައިޓެޑްގެ ފަރާތުން ފެނިގެންދާ ނަމަވެސް ނިމިދިޔަ ހަފްތާގައި ޗެލްސީ އަތުން އެ ކުލަބު ވަނީ މޮޅުވެފައެވެ.

ޕްރިމިއަރ ލީގުގައި ކުޅުނު ހަ މެޗުން ޔުނައިޓެޑަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މެޗަކުން ޕޮއިންޓެއް ހަމަވަނީ ކިރިޔާއެވެ. ސަޕޯޓަރުންގެ ފަރާތުން ކޯޗު ބޭރުކުރުމުގެ އަޑު ސީޒަނުގެ ކުރީކޮޅުން ފެށިގެން ގަދަވެފައިވާއިރު، ސަޕޯޓަރުން މިހާރު ވަނީ ވަރަށް ބޮޑަށް މާޔޫސްވާން ފަށާފައެވެ. ސަޕޯޓަރުން ބުނަމުންދަނީ ސީޒަނުގެ ކުރީކޮޅު ކޯޗު ބޭރުކުރަން ޖެހޭ ކަމަށާއި، އެކަން ނުކޮށްފިނަމަ އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%