Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ހުސައިން އިސްމާއިލް
48 ދުވަސް ކުރިން - 30 މެއި 2026 19:29
ލިވަޕޫލްގެ ކުރީގެ ކޯޗު އާން ސްލޮޓް---
ލިވަޕޫލްގެ ކުރީގެ ކޯޗު އާން ސްލޮޓް---
ޚުލާސާ

މި ސީޒަނުގައި އެއްވެސް ޑޮމެސްޓިކް ކަޕެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ޖުމްލަ 19 މެޗުން އެ ޓީމު ވަނީ ބަލިވެފަ. ލިވަޕޫލުން އާ ކޯޗަކު ހޯދުމަށް މަސައްކަތް ފަށާފައިވާއިރު އެ މަގާމާ އެންމެ ގާތީ ބޯންމައުތަށް ލީގުގެ ހަވަނަ ހޯދައިދިން އެންޑޯނީ އިރައޯލާ.

އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން، އެ ޓީމުގެ ކޯޗު އާން ސުލޮޓް މަގާމުން ވަކިކޮށްފިއެވެ. ލިވަޕޫލުން މި ނިންމުން ނިންމާފައިވަނީ ލީގު ދިފާއުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، ތާވަލުގެ ފަސްވަނައިގައި ސީޒަން ނިންމާލަން ޖެހުމާ ގުޅިގެންނެވެ.

2024 ވަނަ އަހަރު ޔާގަން ކްލޮޕްގެ ބަދަލުގައި ފޭނޫޑުން ލިވަޕޫލާ ގުޅުނު ސުލޮޓް ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ލިވަޕޫލަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދީ، ގިނަ ބައެއްގެ ތަރުހީބު ހޯދާފައެވެ. ނަމަވެސް، ނިމިދިޔަ ސީޒަނުގައި ލިވަޕޫލްގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ލީގު ދިފާއުކުރުމުގެ ބަދަލުގައި، އެ ޓީމަށް ޖެހުނީ ގަދަ ހަތަރަކުން ޖާގައެއް ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރާށެވެ. އަދި މި ސީޒަނުގައި އެއްވެސް ޑޮމެސްޓިކް ކަޕެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ޖުމްލަ 19 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

ލިވަޕޫލުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ކްލަބަށް ނިންމަން ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. "އާން ސުލޮޓް މި ކްލަބަށް ކޮށްދިން ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު މަސައްކަތްތަކެއް. ނަމަވެސް، ކްލަބް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ބަދަލެއް ބޭނުންވާ ކަމަށް އަހަރެމެން އެންމެންނަށް އެއްބަސްވެވިއްޖެ،" އެ ބަޔާނުގައިވެއެވެ.

Advertisement

Advertisement 1

މިދިޔަ ޕްރީ-ސީޒަނުގައި ލިވަޕޫލުން ވަނީ ޓީމު ވަރުގަދަކުރުމަށް 570 މިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ކޮށްފައެވެ. ނަމަވެސް، އެ ފައިސާ ހޭދަކޮށްގެން ގެނައި ފްލޯރިއަން ވާޓްޒް އާއި، ޖެރެމީ ފްރިމްޕޮންގް އަދި އަނިޔާގެ މައްސަލަތައް ކުރިމަތިވި ފޯވާޑް އެލެކްސެންޑަރ އީސާކް ފަދަ ކުޅުންތެރިންގެ ފަރާތުން އުއްމީދުކުރި ވަރުގެ ކުޅުމެއް ފެނިފައެއް ނުވެއެވެ.

މީގެ އިތުރުން، މިދިޔަ ހޫނު މޫސުމުގައި ޕޯޗުގަލްގެ ފޯވާޑް ދިއޯގޯ ޖޮޓާ ކުއްލި ގޮތަކަށް މަރުވުމަކީ ވެސް ކްލަބަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައަކާއި ގޮންޖެހުމެކެވެ.

ޓީމުގެ ނަތީޖާތައް ދަށަށް ދިއުމާ ގުޅިގެން ސަޕޯޓަރުންގެ ނުރުހުން ސުލޮޓަށް އަމާޒުވެފައިވާއިރު، ކުޅުންތެރިންގެ މެދުގައި ވެސް ވަނީ ހިތްހަމަނުޖެހުން އުފެދިފައެވެ. މިގޮތުން ޓީމު ދޫކޮށްދާން ތައްޔާރުވަމުންދާ ތަރި މުޙައްމަދު ޞަލާޙް ވަނީ ފާޅުގައި އޭނާގެ ހިތްހަމަނުޖެހުން ހާމަކޮށްފައެވެ.

ލިވަޕޫލުން މިހާރު ވަނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި މަގާމަށް އެންމެ ބޮޑަށް ވާދަކުރަނީ ބޯންމައުތަށް ލީގުގެ ހަވަނަ ހޯދައިދީ، އެ ޓީމު ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގަށް ކޮލިފައިކޮށްދިން ސްޕެއިންގެ ކޯޗު އެންޑޯނީ އިރައޯލާއެވެ.

ލިވަޕޫލްއިނގިރޭސި ޕްރިމިއަރ ލީގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

47 ދުވަސް ކުރިން - 03:22

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

53 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

53 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

55 ދުވަސް ކުރިން - 22:55

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

55 ދުވަސް ކުރިން - 22:38

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެ ކުލަބު ދޫކޮށްލަނީ؛ ސްޓޭޑިއަމްގެ ސްޓޭންޑެއްގެ ނަން އޭނާގެ ނަމަށް ބަދަލުކުރަނީ

ސިޓީގެ ތާރީހު ބަދަލުކޮށްލި ގާޑިއޯލާ އެކުލަބު ދޫކޮށްލަނީ

56 ދުވަސް ކުރިން - 23:13